logo
logo
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި

ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި

2025 ޑިސެމްބަރު 03
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާޣެ އޮފީހުން ހާމަކުރި ގޮތުގައި، ތިމާވެށްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 17/2024 (ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން) ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އިޞްލާޙު ގެންނަވައިފައެވެ.

މިގޮތުން ބަދަލު ގެންނަވާފައިވަނީ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒުކުރެއްވުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށެވެ.

މި އިޞްލާޙު ގެންނެވުމުގެ ކުރީން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރަން ފެށުމަށް ކަނޑައަޅުއްވާފައި ވަނީ، 1 ޑިސެންބަރު 2025 އެވެ. އެހެންނަމަވެސް މި އިޞްލާޙާއެކު، އެ ތާރީޚު މިހާރު ވަނީ، 1 ޑިސެންބަރު 2027 އަށް ފަސްކުރައްވާފައެވެ. އަދި މި އިޞްލާޙު ގެންނެވުމުގެ ކުރީން، މި ތަކެތި ބާޒާރަށް ނެރުން މަނާކުރެއްވުމަށް ނިންމަވާފައި ވަނީ، 1 މާރިޗު 2026 ގައެވެ. އެހެންނަމަވެސް އިޞްލާޙާއެކު މި ތާރީޚު ވަނީ، 1 ޖޫން 2028 އަށް ބަދަލުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށްޓަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކުނީގެ ބާވަތްތަކުން ކަމަށް ދިރާސާތަކުން ދައްކައެވެ. މި ކުނީގެތެރޭގައި އެންމެ ގިނައީ އެކި ބާވަތުގެ ޕްލާސްޓިކް ކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް