logo
logo
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި

2025 ޑިސެމްބަރު 04
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، އަޙްމަދު މަޚްލޫފް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އަޙްމަދު މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މަޚްލޫފު އައްޔަންކުރަން މަޖިލީހުން ފާސްކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ.

މަޚްލޫފަކީ ސިޔާސީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް ނިކުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރުޕީންނެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެން ނިމިދިޔަ ވެރިކަމުގައި ކުޅިވަރާއި ބެހޭ ވަޒީރުކަންވެސް ކުރައްވާފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް