logo
logo
ބޮޑު ޖަލްސާގެ އުސްއަލިތައް- އެމްޑީޕީ ސަރުކާރުން ފުނިޖައްސާފައި ހުރި ބިލްތައް ދައްކަންފަށައިފި

ބޮޑު ޖަލްސާގެ އުސްއަލިތައް- އެމްޑީޕީ ސަރުކާރުން ފުނިޖައްސާފައި ހުރި ބިލްތައް ދައްކަންފަށައިފި

2025 ނޮވެމްބަރު 15
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ނިމިދިޔަ އެމްޑީޕީ ސަރުކާރުން މަސައްކަތް ކުރުވާފައި ކުންފުނިތަކަށް ނުދީ ފުނިޖައްސާފައި ހުރި ބިލްތައް ދައްކަންފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެ އެކަމުގެ ތަފްޞީލު ހާމަކުރެއްވީ ކޮންގްރެސް ޕާޓީ ރޭ އާތޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި މަސައްކަތް ކުރުވާފައި ފައިސާ ނުދީ ހުރި ފަރާތްތަކުގެތެރެއިން މިހާތަނަށް 1040 ފަރާތަކަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އެއީ ޖުމްލަ 444.3 މިލިއަން ރުފިޔާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ވަޢުދުވި ގޮތަށް ފަސް ހަފްތާވީއިރު ފަށައިފިން ބިލްތައް ދައްކަން. މިއަދާއި ހަމައަށް އައި އިރުގައި މިއަދުގެ މިގަޑިއާއި ހަމައަށް އައި އިރުގައި ތަފާތު 1040 ފަރާތަކަށް، ކުރީގަ ކޮށްފައިހުރި މަސައްކަތަށް ފައިސާ ދީފިން. އެއީ ޖުމްލަ 444.3 މިލިއަން ރުފިޔާގެ ޕެންޑިން ބިލްސްތަކަށް އަޅުގަނޑުމެން ފައިސާ ދައްކައިފިން މިދިޔަ ކުޑަ ދުވަސްކޮޅުތެރޭގައި" ރައީސް ވިދާޅުވިއެވެ.

އެ ބިލްތައް ދެއްކީ މި ނޮވެމްބަރު މަހުގެ 6 ން ފެށިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮންމެ ދުވަހަކު ވެސް އެ ފަދަ ބިލްތަކަށް ފައިސާ ދެއްކުން ކުރިއަށް ގެންދަވާނެ ކަމަށާއި އެމަނިކުފާނު ވަޢުދުވެލެއްވި ގޮތަށް ހުރިހާ ބިލުތަކެއް ދައްކާ ނިމެންދެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ބިލްތަކަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެކި މަސައްކަތް ކުރުވާފައި އޮޅުވާލާފައި އެކިއެކި ފަރާތްތަކަށް ދެރަދީފައި ހުރި ބިލްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ހުރިހާ އެންމެނަށް ދޭންވާ ފައިސާ ދީ ހުރިހާ ކަމެއް ނިންމަމުން ގެންދަނީ ފައިސާ ޗާޕް ނުކޮށް ކަމަށެވެ.

އެމްޑީޕީ ސަރުކާރުން އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެން ކުރި މަސައްކަތްތަކަށް ފައިސާ ނުލިބިގެން، އެ ސަރުކާރުގެ ފަހުކޮޅު، ކުންފުނިތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިވާހަކަތައް ވަރަށް ތަފްސީލުކޮށް މީޑިއާތަކަށް ހާމަކޮށްދިންކަން ފާހަގަކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް