
ސިޔާސީ ޕާޓީތަކަށް 27 މިލިއަން ރުފިޔާ ދޫކޮށްފި
ޒައުޖަތު އަޙުމަދުޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް 27 މިލިއަން ރުފިޔާ މިހާރު ދޫކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިގޮތުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ 9 ޕާޓީގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް (10 ހާސް) މެންބަރުން ހަމަވަނީ 5 ޕާޓީއެއްގައެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްއެވެ. މި ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނުމަށް ބޭންކަށް ފޮނުވީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އިލެކްޝަނުން ބުނީ އޮކްޓޫބަރު މަހުގެ 27 ގައި ފައިސާ ޖަމާކޮށްދީފައިވާ ކަމަށް މާލީ ވުޒާރާއިން ބުނެފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ޖުމުލަ 27 މިލިޔަން ދިވެހި ރުފިޔާ ޖަމާކޮށްފައިވާއިރު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) 13,316,689.57ރ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 8,454,780.51ރ، ޖުމްހޫރީ ޕާޓީ (ޖޭޕީ) - 2,656,598.57ރ، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) - 1,769,648.69ރ، ޢަދާލަތު ޕާޓީ (އޭޕީ) - 1,713,538.65ރ ލިބިފައިވެއެވެ.
ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އަށްވާ ފައިސާ ދޫކުރާއިރު،
ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ދޫކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
މިއަހަރު ޖޫން މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ޕާޓީތަކުގައި މެމްބަރުން ތިބީ: ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC) - 68665 މެންބަރުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) - 43765 މެންބަރުން، ޖުމްހޫރީ ޕާޓީ (JP) - 13456 މެންބަރުން، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) - 9011 މެންބަރުން، ޢަދާލަތު ޕާޓީ (AP) - 8844 މެންބަރުންނެވެ.
މި އަހަރު އެންމެ ގިނަ ފައިސާ ލިބިފައި ވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚް ކަނޑައަޅައިފި2025 ޑިސެމްބަރު 04
ފޭދޫން ނިންމީ ވަކި ނުވާން، ހުޅުދޫއާއި މީދޫ ބޭނުންވަނީ ވަކި ދެ ކައުންސިލް2025 އޮކްޓޯބަރު 25
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި، އެންމެ ގިނައިން ލިބުނީ ޕީއެންސީއަށް 2025 ސެޕްޓެމްބަރު 02
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލްގައި ބާއްވަން ނިންމައިފި!2025 މޭ 24