ޚަބަރު
ލ. ގަމު ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ!

ޒައުޖަތު އަޙުމަދު2025 ޑިސެމްބަރު 03
ލ. ގަން ތުނޑީގައި ހުންނަ ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވެއްޖެއެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އިންޖީނުގޭ އިމާރާތުން ވަރަށް ގިނައިން ދުން އަރަމުންދާ މަންޒަރެވެ.
މި މަންޒަރު ވީޑިއޯކޮށްފައިވާ ފަރާތުން ބުނީ ކުއްލިއަކަށް މުޅި ރަށުން ކަރަންޓު ގޮސްފައިވާ ކަމަށާ ޚަބަރު ބަލާލަން އައިއިރު މުޅި އިންޖީނުގޭގެ އިމާރާތުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުންދާ ކަމަށެވެ.
އޭނާ ބުނީ އެންމެ ފުރަތަމަ ރޯވީ ޕެނަލްބޯޑުގައި ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ލ.ގަން ތުނޑި، އިންޖީނުގޭގައި އަލިފާން ރޯވުމާ ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

.gif.gif&w=828&q=100)



