
މައްސަލަ ހައްލުކޮށް ގަމަށް ކަރަންޓް ދީފި
ޒައުޖަތު އަޙުމަދުލ. ގަމު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ދިމާވި މައްސަލަ ހައްލުކޮށް ގަމަށް އެއްކޮށް ކަރަންޓު ދީފިއެވެ.
ގަމު ތުނޑި، އިންޖީނުގޭގައި އަލިފާން ރޯވީ އިއްޔެ މެންދުރު ފަހުއެވެ. މި އަލިފާން 15:50 އެހާކަންހާއިރު ނިއްވާލެވިފައިވާއިރު، މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އަލިފާން ރޯވެފައި ވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައި ކަމަށާއި އެނެކްސް ދޭއްއަށް އަލިފާނުގެ އަސަރުކޮށްފައި ނުވާ ކަމަށެވެ.
މައްސަލަ ހައްލުކޮށް މުޅި ރަށަކަށް އެއްކޮށް ކަރަންޓު ދެވިފައިވަނީ ރޭ 23:25 ގައި ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާއާއި ގުޅިގެން މިހާތަނަށް ބެލިބެލުމުން ފާހަވެފައިވާ ގޮތުން، ގެއްލުން ވެފައި ވަނީ އެ ރަށަށް ކަރަންޓް ދޭ 5 އިންޖީނުގެ ތެރެއިން 1 އިންޖީނަށް ކަމަށެވެ.
ކަރަންޓް ކެނޑުމާއި ގުޅިގެން އެރަަށުގެ ފެނުގެ ހިދުމަތް ވެސް މެދުކެނޑިގެން ދިޔަނަމަވެސް މިހާރު އަލުން އެ ޚިދުމަތް ވެސް ދޭން ފަށާފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ. އަދި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ހާއްސަ ޓީމްތަކުން، އެރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުން ކަމަށްވެސް ފެނަކަ އިން ބުންޏެވެ.
ލ. އަތޮޅުގެ ވެރި ރަށް ފޮނަދޫއާއި ގުޅިފައި އޮންނަ ގަމަށް އިއްޔެ ދިމާވި ހާދިސާއާއި ގުޅިގެން ގިނަ ބަޔަކު ވަގުތު ހޭދަ ކުރީ ފޮނަދޫގައި ކަމަށް ގަމުން މަޢުލޫމާތު ދިން މީހަކު ބުންޏެވެ. ގަމުގައި 5 ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ގަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހިޔާ އަލިފާނުގެ ހާދިސާއާއި ގުޅިގެން 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި2026 ޖެނުއަރީ 31
ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެގެން ސިފައިން ޙަރަކާތްތެރިވަނީ 2026 ޖެނުއަރީ 07
އަންބަރާ ކައިރީގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ 2025 ޑިސެމްބަރު 24
ލ. ގަން ތުނޑި އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލައިފި2025 ޑިސެމްބަރު 03