
ލ. ގަން ތުނޑި އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލައިފި
ޒައުޖަތު އަޙުމަދުލ. ގަން ތުނޑި އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ލ.ގަން ތުނޑި، އިންޖީނުގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް މިއަދު 15:01 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށާއި މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 16:26 ހާއިރު ކަމަށެވެ.
އަލިފާން ނިއްވާލުމަށް ކައްދޫ އެއާޕޯޓުގައި މަސައްކަތްކުރާ ފަޔަރ ފައިޓަރުން ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ހާދިސާއާއި ގުޅިގެން ގަމުން ވާހަކަ ދެއްކި މީހަކު ބުނީ ފުރަތަމަ މުޅި ރަށުން ކަރަންޓް ދިޔަ ކަމަށާއި ވެގެން އުޅޭ ގޮތް ބަލާލަން އިންޖީނުގޭ ދޮށަށް ދިޔަ ކަމަށާ ދިޔައިރު އިންޖީނުގޭގައި ހުރީ ވަރަށް ބޮޑަށް އަލިފާން ރޯވެފައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި 5 މީހުން މަރުވި މައްސަލަ އެޗްއާރުސީއެމުން ބަލަނީ2026 މާރިޗު 13
ބައިނަލްއަޤްވާމީ އަސްކަރީ ޙަރަކާތެއްގައި އެމްއެންޑީއެފްގެ ޝިޕް "ހުރަވީ" ބައިވެރިވެއްޖެ!2026 ފެބްރުއަރީ 20
ދޫނިދޫ ކައިރިން ދަތުރު ކުރަމުންދިޔަ މަސްދޯންޏެއްގައި އަލިފާން ރޯވެއްޖެ2026 ފެބްރުއަރީ 14
ހިޔާ އަލިފާނުގެ ހާދިސާއާއި ގުޅިގެން 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި2026 ޖެނުއަރީ 31