logo
logo
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ޑރ. ރަމީލާ އައްޔަންކުރައްވައިފި

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ޑރ. ރަމީލާ އައްޔަންކުރައްވައިފި

2025 ޑިސެމްބަރު 03
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އެޗްއާރުސީއެމްގެ މެމްބަރުކަމަށް، ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ރަމީލާއަށް ހަވާލުކުރައްވައިފަ އެވެ.

އޭނާ ވަނީ އެޗްއާރުސީއެމްގެ މެމްބަރުކަމުގެ ހުވާ އަދި ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ.

އެޗްއާރްސީއެމުން ހުސްވި ގޮނޑިއަށް ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިދިޔަ އޮކްޓޯބަރު 29ގަ އެވެ.

ޤާނޫނުގައި ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހުސްވެއްޖެނަމަ ނުވަތަ މަޤާމުގެ މުއްދަތު ހަމަވާނަމަ، އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލަން ޖެހޭނެއެވެ. އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ، މި ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވައި މަޖިލީހުން ފާސްވުމަށްފަހުއެވެ.

ޑރ. ރަމީލާއަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަންކުރެއްވި ފުރަތަމަ ވަޒީރެވެ. ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ވަޒީރުކަމުން އެކަމަނާ އިސްތިއުފާދެއްވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް