
އަސާސީ ކާބޯތަކެތި ވިއްކަން އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް މާލޭގެ ބާޒާރުމަތީގައި ހުޅުވައިފި
އެސްޓީއޯ އިން ވިއްކާ އަސާސީ ބާވަތްތަކުގެ އަދަދު މި އަހަރުގެ އޮކްޓޫބަރު 15 އިން ފެށިގެން އިތުރު ކޮށްފައިވާތީ އެ ބާވަތްތައް ވިއްކުން ފުޅާކުރުމަށްޓަކައި މާލޭގެ ބާޒާރުމަތީގައި އާ ހޯލްސޭލް ފިހާރައެއް ހުޅުވައިފި އެވެ.
"އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަ 2" ހުޅުވީ ކުރީގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހިންގި އިމާރާތް ނުވަތަ މާލޭ ނޯތު ހާބަރުގެ ގޭޓު ކުރިމަތީގަ އެވެ.
އެސްޓީއޯ އިން ބުނީ، ބާޒާރުމަތީގައި ހޯލްސޭލް ސެންޓަރެއް ހުޅުވުމުގެ ބޭނުމަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެ ކުންފުނިން ވިއްކާ ބްރޭންޑުތަކުގެ އުފެއްދުންތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ފޯރުކޮށްދިނުމާއި މާލެ އިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް އެ ތަކެތި ފަސޭހައިން ލިބޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ.
އެސްޓީއޯ އިން މާލޭގައި ހުޅުވި އާ ހޯލްސޭލް ފިހާރަ މެދުވެރިކޮށް، ދަނޑުވެރިން އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ވެސް ހަމަޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ، އެ ހުރިހާ ބާވަތްތައް އެ ކުންފުނިން މާލޭގައި ހިންގާ ދެ ފިހާރަ ކަމަށްވާ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް މިހާތަނަށް ވެސް އައީ މެދުނުކެނޑި ވިއްކަމުން ކަމަށެވެ. އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރީ ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މަސްވެރިންނަށް ކުރިއެކޭ ވެސް އެއް އަގެއްގައި ތެޔޮ ލިބޭނެ: މިފްކޯ2026 މާރިޗު 17
ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި2026 މާރިޗު 04
މައްސަލަ ހައްލުވެެއްޖެ، ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ: އެސްޓީއޯ2026 ފެބްރުއަރީ 17
ގޭހަކަށް ނުޖެހެ، ވަރަށް އަވަހަށް މައްސަލަ ހައްލުވާނެ: އެސްޓީއޯ2026 ފެބްރުއަރީ 09