
ތޫފާން މިހާރު ހުރީ ތުރާކުނުގެ އިރުއުތުރުން 875 ކިލޯމީޓަރު ދުރުގައި: މެޓް އޮފީސް
ޒައުޖަތު އަޙުމަދުޑިޓްވާ ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން، ގާތްގަނޑަކަށް 875 ކިލޯމީޓަރު ދުރުގައި ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނީ ޑިޓްވާ ތޫފާން މިހާރު ހުރީ ސްރީލަންކާގެ އުތުރު އައްސޭރިފަށާއި ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނު ސަރަހައްދުގައި ކަމަށެވެ. މި ތޫފާން އިއްޔެ ހުރީ ހއ. ކެލާގެ އިރުއުތުރުން ގާތްގަނޑަކަށް 876 ކިލޯ މީޓަރު ދުރުގައި ކަމަށް މެޓް އޮފީހުން އިއްޔެ ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ މި ތޫފާން ދަތުރުކުރާނެ ކަމަށް ލަފާ ކުރެވެނީ އުތުރު ހުޅަނގުއުތުރުން ރާއްޖެއާ ދުރަށް ކަމަށެވެ.
މި ތޫފާން މާދަމާގެ، 30 ނޮވެމްބަރުގެ ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ އުތުރު ޓެމިލްނާޑޫ، ޕޫޑޫޗެރީ އަދި އަންދުރަ ޕްރެދޭޝްގެ ދެކުނު އައްސޭރިފަށަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މި ތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށާއި، ޚާއްޞަކޮށް މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރުމާއިއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ޑިޓްވާގެ ނަމުން ނަންދީފައިވާ ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ކުރަމުން އަންނަ ވިއްސާރާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 123 މީހަކު މަރުވެ 130 މީހުން ގެއްލިފައިވާ ކަމަށް ލަންކާގެ ޚަބަރުފަތުރާ ވަޞީލަތްތަކުން ބުނެއެވެ. އަދި މި ތޫފާނުގެ އަސަރު 373 ހާސް މީހުނަށް ކޮށްފައިވާއިރު، 43 ހާސް މީހުން ތިބީ ގެދޮރު ގެއްލިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރާއްޖޭގެ ސަރަހައްދުގައި ދުންފުސް ބޯވެފައިވާތީ ސަމާލުވާން އިލްތިމާސްކޮށްފި2025 ޑިސެމްބަރު 22
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް 5 އަތޮޅަކަށް ރީނދޫ ސަމާލުނެރެފި2025 ޑިސެމްބަރު 20
40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި2025 ޑިސެމްބަރު 09
ލަންކާއަށް ފައިސާގެ އެހީވުމަށާއި މަސްދަޅު ކޭސް ފޮނުވުމަށް ސަރުކާރުން ނިންމައިފި2025 ނޮވެމްބަރު 29