
ލަންކާއަށް ފައިސާގެ އެހީވުމަށާއި މަސްދަޅު ކޭސް ފޮނުވުމަށް ސަރުކާރުން ނިންމައިފި
ޒައުޖަތު އަޙުމަދުސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ޤައުމަށް ފައިސާގެ އެހީގެ ގޮތުގައި 50،000 (ފަންސާސް ހާސް) އެމެރިކާ ޑޮލަރު އަދި މަސްދަޅުގެ 25،000 (ފަންސަވީސް ހާސް) ކޭސް ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ދިވެހި ޚާރިޖިއްޔާއިން ބުނީ ސަރުކާރުގެ މި ނިންމުމަކީ، “ޑިޓްވާ” ތޫފާންގެ ސަބަބުން ސްރީލަންކާ ގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
އެ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށެވެ.
މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމަށް ދިވެހި ސަރުކާރުން އުއްމީދުކުރާ ކަމަށާއި އަދި މިފަދަ ކަންކަމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ހިއްސާކުރާ ގާތް އެކުވެރި ގުޅުން ކަމަށް ވެސް ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޑިޓްވާގެ ނަމުން ނަންދީފައިވާ ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ކުރަމުން އަންނަ ވިއްސާރާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 123 މީހަކު މަރުވެ 130 މީހުން ގެއްލިފައިވާ ކަމަށް ލަންކާގެ ޚަބަރުފަތުރާ ވަޞީލަތްތަކުން ބުނެއެވެ. އަދި މި ތޫފާނުގެ އަސަރު 373 ހާސް މީހުނަށް ކޮށްފައިވާއިރު، 43 ހާސް މީހުން ތިބީ ގެދޮރު ގެއްލިފައެވެ.
މި ދުވަސްވަރު ލަންކާއަށް ދަތުރުކުރި ދިވެހި ޢާއިލާއެއްގެ 2 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެ ޢާއިލާއިން ބުނެފައިވާ ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ބަންގުލަދޭޝްއަށް ދާ މީހުންނަށް އޮން އެރައިވަލް ވިސާ ދޭން އަލުން ނިންމައިފި2026 ޖެނުއަރީ 14
ބަންގުލަދޭޝްގެ އިންތިޚާބާއި ގުޅިގެން އޮން އެރައިވަލް ވިސާ މެދުކަނޑާލަނީ 2026 ޖެނުއަރީ 13
މުހިއްމު 3 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ޗައިނާއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި2025 ޑިސެމްބަރު 25
ދިވެހި އައިޑީ ކާޑުގެ ޚިދުމަތް ލަންކާއިން ލިބޭގޮތް ހަދައިފި2025 ޑިސެމްބަރު 17