logo
logo
ބަންގުލަދޭޝްގެ އިންތިޚާބާއި ގުޅިގެން އޮން އެރައިވަލް ވިސާ މެދުކަނޑާލަނީ

ބަންގުލަދޭޝްގެ އިންތިޚާބާއި ގުޅިގެން އޮން އެރައިވަލް ވިސާ މެދުކަނޑާލަނީ

2026 ޖެނުއަރީ 13
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ބަންގުލަދޭޝްގެ އިންތިޚާބާއި ގުޅިގެން އޮން އެރައިވަލް ވިސާ މެދުކަނޑާލަން ނިންމައިފިއެވެ.

މި ނިންމުމާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ބުނީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން، 15 ޖެނުއަރީ 2026 އިން ފެށިގެން 15 ފެބްރުއަރީ 2026 ގެ ނިޔަލަށް، އެ ޤްއުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް، އެގައުމުގެ ސަރުކާރުން ވަނީ ނިންމަވާފައިވާ ކަމަށެވެ.

"އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކުރަމެވެ." ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ އޮން-އެރައިވަލް ވިސާއާ ގުޅޭ އިތުރު ތަފުސީލީ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ:

https://share.google/a2ou52xtJUVC4fBy6

ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަންގެ އެޑްރެހާއި ގުޅޭނެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

އެޑްރެސް : ޕްލޮޓް 10982، ނިރޮޅުމަގު 16 ، ހުޅުމާލެ، ދިވެހިރާއްޖެ
ފޯން3320859 :
އީމެއިލް:  mission.male@mofa.gov.bd

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް