
ބަންގުލަދޭޝްއަށް ދާ މީހުންނަށް އޮން އެރައިވަލް ވިސާ ދޭން އަލުން ނިންމައިފި
ޒައުޖަތު އަޙުމަދުބަންގުލަދޭޝްއަށް ދާ މީހުންނަށް އޮން އެރައިވަލް ވިސާ ދޭން އަލުން ނިންމައިފިއެވެ.
މި ނިންމުމާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ބުނީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ވަގުތީގޮތުން އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލަން މީގެކުރިން ނިންމާފައިވީ ނަމަވެސް، އެނިންމުން އަނބުރާ ގެންދަން، ބަންގްލަދޭޝްގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ ބަންގްލަދޭޝްއަށް ދަތުރުކުރައްވާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް، އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.
ބަންގުލަދޭޝްގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނަނީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. މި އިންތިޚާބާއި ގުޅިގެން 15 ޖެނުއަރީ 2026 އިން ފެށިގެން 15 ފެބްރުއަރީ 2026 ގެ ނިޔަލަށް، އެ ޤައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް، އެގައުމުގެ ސަރުކާރުން ކުރިން ނިންމިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ބަންގުލަދޭޝްގެ އިންތިޚާބާއި ގުޅިގެން އޮން އެރައިވަލް ވިސާ މެދުކަނޑާލަނީ 2026 ޖެނުއަރީ 13
މުހިއްމު 3 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ޗައިނާއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި2025 ޑިސެމްބަރު 25
ލަންކާއަށް ފައިސާގެ އެހީވުމަށާއި މަސްދަޅު ކޭސް ފޮނުވުމަށް ސަރުކާރުން ނިންމައިފި2025 ނޮވެމްބަރު 29
އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން ޣައްޒާ އަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި2025 ނޮވެމްބަރު 21