logo
logo
ޔަހޫދީން މަސްޖިދުލްއަޤްޞާ ބަންދުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ގޮވާލައިފި!

ޔަހޫދީން މަސްޖިދުލްއަޤްޞާ ބަންދުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ގޮވާލައިފި!

2026 މާރިޗު 12
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޔަހޫދީން މަސްޖިދުލްއަޤްޞާ ބަންދުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ގޮވާލައިފިއެވެ.

ދިވެހި ޚާރިޖިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްތަކުގައި، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މަސްޖިދުލް އަޤްޞާ ބަންދުކޮށް، އަޅުކަންކުރާ މީހުންނަށް ހުރަސްއަޅަމުންދާ ދިއުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އެ ބަޔާނުގައި ބުނީ ​މުސްލިމުންގެ މި މުޤައްދަސް މަހުގައި، އިސްލާމްދީނުގެ އެންމެ ބޮޑު އެއް މުޤައްދަސް ބިނާއަށް ވަނުން މަނާކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށާއި އަދި މިއީ އަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، ދީނީ މުހިންމުކަމަށް އުނިކަންދީ، ގަސްދުގައި ދޭ އުދުވާނީ ހަމަލާއެއް ކަމަށެވެ.

މި ބަޔާނުގައި، ​އިސްލާމީ އުންމަތުގެ އެންމެ ބޮޑު އެއް މުޤައްދަސް ބިނާއަށް ކަނޑައެޅިފައިވާ 'ސްޓޭޓަސް ކޯ' ނުވަތަ އޮންނަ އުސޫލުތަކަށް ބޯނުލަނބައި، އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާ ދިއުމަށް އިސްރާއީލު ޒިންމާދާރުކުރުވުމަށް، ބައިނަލްއަޤްވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ވަނީ ގޮވާލައިފައެވެ.

އިސްރާއީލުގެ ސަރުކާރުން މި ބަރަކާތްތެރި ރަމަޟާން މަހުގެ 2 ވަނަ ހަފުތާއިން ފެށިގެން މަސްޖިދުލްއަޤްޞާއަށް ނުވަދެވޭނެހެން އެ މިސްކިތުގެ ދޮރުތައް ބަންދުކޮށްފައި ވަނީ ހަނގުރާމައިގެ ސަބަބުން ކަމަށް ބުނެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް