
މާލޭ ވޮކޭޝަނަލް ހައި ސްކޫލުގެ ނަމުގައި މުޅިން އައު ސުކޫލެއް ހުޅުވައިފި
ޒައުޖަތު އަޙުމަދުމާލޭ ވޮކޭޝަނަލް ހައި ސްކޫލުގެ ނަމުގައި މުޅިން އައު ސުކޫލެއް ހުޅުވައިފިއެވެ.
ރަސްމީ ތަޢުލީމުގެ ތެރޭގައި މާތީ ސާނަވީ ވޮކޭޝަނަލް ޕާތުވޭ ހިމަނާ، މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ފުރަތަމަ ބެޗްގެ ކިޔެވުން މިއަދު ފަށާފައިވާއިރު، މި ސްކޫލްގެ ކުރިއަށްގެންދަނީ މުޅިން އައު ލޯގާއަކާއެކު، ސަރުކާރުގެ އައު ސްކޫލެއްގެ ގޮތުގައެވެ. މީ އޭ ލެވެލްއަށް ކިޔަވައިދޭ ރަސްމީ އޮނިގަނޑުގެ ދަށުން ކުރިއަށް ގެންދާ ސުކޫލެކެވެ.
މާލޭ ވޮކޭޝަނަލް ހައި ސުކޫލް ހުޅުވަން ޕޮލިޓެކްނިކްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢުއެވެ.
މި ރަސްމިއްޔާތުގައި ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީއު ވިދާޅުވީ ސަރުކާރުން މުޅިން އަލަށް ތަޢާރަފުކުރި މަތީ ސާނަވީގެ ވޮކޭޝަނަލް ޕާތުވޭއަކީ، ޢިލްމީ، ހުނަރުވެރި، ޒުވާން، ޤާބިލު ސިކުނޑިތަކެއް ތަރައްޤީކުރުމަށް ފެށި ވަރަށް ބޮޑު، މުހިންމު މަސައްކަތެއްކަމަށެވެ.
ވަޒީރު ވިދާޅުވީ ތަޢުލީމީ ދާއިރާއިން ސަރުކާރުން ބޮޑު ހޭދައެއް ކުރަމުންދާއިރު، ދަރިވަރުންނަށް ރަސްމީ ތަޢުލީމުގެ ތެރެއިން ފޯރުކޮށްދޭ ފުރުޞަތުތައް މިހާތަނަށް އޮތީ ވަރަށް ހަނިކޮށްކަމަށެވެ. ސަރުކާރުން މިދާއިރާއިން ފެށި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ފުރިހަމަކަމަށާއި، ހުޅުވާލެވުނު ފުރުޞަތުތަކުގެ ތެރެއިން މަތީ ސާނައިން ފުރުޞަތު ދެވޭ ނިސްބަތް %31އިން %49 އަށް އިތުރުކޮށްފަވާކަމަށެވެ.
މިއީ އޯލެވެލް ނިންމާ، ކުރިއަށްދާން މަގެއް ނުފެނި ތިބި އެތައް ދަރިވަރުންތަކަކަށް ފުރުޞަތު ފަހިކޮށްދީ، ހުނަރުވެރި ޖީލެއް ބިނާކުރަން ސަރުކާރުން އެޅުއްވި ވަރަށް ބޮޑު ފިޔަވަޅެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވޮކޭޝަނަލް ހައި ސުކޫލްގައި 60 ދަރިވަރުންނާއިއެކު މިއަދު ކިޔެވުން ފަށާފައިވާއިރު މި ދަރިވަރުން 5 ޕްރޮގްރާމަކުން ތަމްރީންވާނެއެވެ. އެއީ ފޮޓޯގްރަފީ، އައިޓީ، އަރކިޓެކްޗަރ، އިލެކްޓްރިކަލް އިންޖިއަރިން އަދި ސްމޯލް ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި މަތީ ސާނަވީގައި ހުނަރާ ތަމްރީން ދޭ ވޮކޭޝަން ޕާތުވޭގެ ކިޔެވުން ފަށާފައިވާއިރު، މި ސްކޫލްގެ ކިޔެވުން ގެންދަނީ، ތަޢުލީމީ ވުޒާރާގެ ބެލުމުގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޔުނީފޯމުގެ އައު އުސޫލުގެދަށުން މަތީ ގުރޭޑްތަކުގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭނެ!2025 ޑިސެމްބަރު 05
ހުނަރުވެރިކަން ދަސްކުރުމަށް ހުރި ފުރުޞަތުގެ ބޭނުން ހިފުމަށް، ރައީސްގެ އަނބިކަނބަލުން ގޮވާލައްވައިފި2025 އޮކްޓޯބަރު 29
ދެ އަހަރުތެރޭ ދިރާސީ ކަލަންޑަރަށް ގެނައި ބަދަލުތަކާއެކު ޑިސެމްބަރަށް ބޮޑު ޗުއްޓީ ބަދަލުކޮށްފި!2025 އޯގަސްޓު 13