
މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި!
ޒައުޖަތު އަޙުމަދުމޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ރީނދޫ ސަމާޅު ނެރެފައި ވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ.
މެޓް އޮފީހުން ބުނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް، މިއަދުގެ ހެނދުނު 9 ޖަހަންދެން ބޯކޮށް ވާރޭ ވެހި ގަދަވަޔާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އިދާރާއިން ބުނީ ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
ރާޅުގެ އުސްމިން އުތުރުގެ އަތޮޅުތަކުގައި 2 ފޫޓާއި 5 ފޫޓާއި ދެމެދުގައި ހުރި ނަމަވެސް މެދުރާއްޖެތެރެއާއި ދެކުނުގައި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއް ކަމަށާއި މި ވިއްސާރަ މި ހަފްތާގެ ނިޔަލަށް ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މާލެއަށް ރެއިން ފެށިގެން ވާރޭ ވެހެމުން އަންނައިރު، މަގުތަކުގައި ފެންހެދިފައިވާ ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރާއްޖޭގެ ސަރަހައްދުގައި ދުންފުސް ބޯވެފައިވާތީ ސަމާލުވާން އިލްތިމާސްކޮށްފި2025 ޑިސެމްބަރު 22
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް 5 އަތޮޅަކަށް ރީނދޫ ސަމާލުނެރެފި2025 ޑިސެމްބަރު 20
40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި2025 ޑިސެމްބަރު 09
ތޫފާން މިހާރު ހުރީ ތުރާކުނުގެ އިރުއުތުރުން 875 ކިލޯމީޓަރު ދުރުގައި: މެޓް އޮފީސް2025 ނޮވެމްބަރު 29