logo
logo
އެމްއޭސީއެލްގެ ބޯޑަށް،  ކުރީގެ މެމްބަރު ޖަމީލް އުސްމާން

އެމްއޭސީއެލްގެ ބޯޑަށް، ކުރީގެ މެމްބަރު ޖަމީލް އުސްމާން

2025 ނޮވެމްބަރު 23
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އެމްއޭސީއެލްގެ ބޯޑަށް ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން މިއަދު އައްޔަން ކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ އެމްއޭސީއެލްގެ ބޯޑަށް މި ފަހުން އިތުރުކުރި ޖާގަ އަށް، ހުޅުމާލެ ގޯތި ނަންބަރު 10718 އޯކިޑްހިޔާ، ޖަމީލް އުސްމާން އައްޔަން ކޮށްފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުންގެ އަދަދު 7 އިން 9 އަށް ވަނީ ދާދި ފަހުން އިތުރުކޮށްފައެވެ.

ޖަމީލް އުސްމާނާއިއެކު އެމްއޭސީއެލްގެ ބޯޑުގައި މި ވަގުތު ތިއްބެވީ 8 މެމްބަރުންނެވެ. އެއީ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު، ސަހާ ވަޙީދު، އިބްރާހިމް ސިޔާދު ޤާސިމް، މުޙައްމަދު މިހާދު، އިބްރާހިމް މަހުދީ އަދި މުޖުޠަބާ ލަޠީފްއެވެ.

އެމްއޭސީއެލްގެ ބޯޑަށް އައްޔަނުކުރެއްވިއިރު ޖަމީލް އުސްމާން ހުންނެވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް ސްޕެޝަލް ޕްރޮޖެކްޓްސް އޮޕަރޭޝަންގެ މަގާމުގައެވެ. އޭނާ ގެމަނަފުށީ ދާއިރާގެ މެމްބަރުކަން އަދާކުރެއްވީ 18 ވަނަ މަޖިލީހުގައިކަން ފާހަގަކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް