
އެމްއޭސީއެލްއިން ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި
ޒައުޖަތު އަޙުމަދުމޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފިއެވެ.
އެމްއޭސީއެލްއިން ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތައް ހިންގަން އުފެއްދި މި ކުންފުނީގެ ނަމަކީ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އެވެ.
އެމްއޭސީއެލްއިން މި ކުންފުންޏާބެހޭ އެއްވެސް މަޢުލޫމާތެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ވިޔަފާރިއާ އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާގެ ބިޒްނަސްޕޯޓަލްގައިވާ ގޮތުން، އެމްއޭސީއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް މި ކުންފުނި އުފައްދާފައި ވަނީ މި އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.
ޕެނިންސިއުލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެ ވެސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އެމްއޭސީއެލްގެ ބޯޑު މެމްބަރުންގެ ތެރެއިން ޕެނިންސިއުލާ ކުންފުނީގެ ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މުހައްމަަދު މިހާދު އެކަންޏެވެ.
ޕެނިންސިއުލާ ކުންފުނީގެ ޑިރެކްޓަރުންނަކީ އިބްރާހިމް ޝަރީފު މުޙައްމަދު (އެމްއޭސީއެލްގެ އެމްޑީ)، މުޙައްމަދު މިހާދު (އެމްއޭސީއެލް ބޯޑު މެމްބަރު)، އަޙުމަދު އަސްއަދު ހާޝިމް، ޙުސައިން ރިޔާޒު، އަޙުމަދު ސާނިޢުއެވެ.
ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގުމަށް ޕެނިންސިއުލާ ކުންފުންޏާ ބައިވެރިވާނެ ޕާޓްނަރުން ހޯދަން މިހާރު ވަނީ އިއުލާނެއްް ވެސް ކޮށްފައެވެ. އެ އިއުލާނުގައިވާ ގޮތުން، ޕެނިންސިއުލާގެ ބޭނުމަކީ އެ ކުންފުންޏަށް ފައިދާ ހުރި ދެމެހެއްޓެނިވި ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގައި ހިންގުމެވެ.
މީގެއިތުރުން އިމާރާތް ކުރުމުގެ މަޝްރޫޢުތަކާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމުގެ މަސައްކަތާއި އެ ފަދަ މަސައްކަތްތަކަށް ބޭނުންވާ ހެވީ ވެހިކަލްތައް ކުއްޔަށް ދިނުމުގެ މަސައްކަތްތައް ވެސް އެ ކުންފުނިން ކުރާނެ ކަމަށް އެ ކުންފުނީގެ އިއުލާނުގައި ބުނެފައިވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެމްއޭސީއެލްގެ ބޯޑަށް، ކުރީގެ މެމްބަރު ޖަމީލް އުސްމާން 2025 ނޮވެމްބަރު 23
ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފި2025 ސެޕްޓެމްބަރު 07
ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދަޢުވަތު އަރުވަން ނިންމައިފި!2025 ޖުލައި 15
ރާއްޖޭގެ ފުރަތަމަ ބޯޑިންގ ބުރިޖް ވެލާނާ އެއާޕޯޓުގައި ޓެސްޓްކޮށްފި!2025 ޖުލައި 14