logo
logo
ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދަޢުވަތު އަރުވަން ނިންމައިފި!

ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދަޢުވަތު އަރުވަން ނިންމައިފި!

2025 ޖުލައި 15
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދަޢުވަތު އަރުވަން އެމްއޭސީއެލްއިން ނިންމައިފިއެވެ.

މި ޚާއްޞަ ޙަފުލާ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ގައެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ، 26 ވަނަ ދުވަހުގެ ރޭ ބާއްވާ އެ ޚާއްޞަ ޙަފުލާ އަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ނިންމަވާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެ ބޭފުޅުންނަށް ވަކިވަކިން ދައުވަތު އަރުވާނެ ކަމަށެވެ.

މީގެއިތުރުން، އެމްއޭސީއެލްގެ ކުރީގެ ވެރިންނާއި ބޯޑުގައި މިހާތަނަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ވިޔަފާރިވެރިންނަށް ވެސް ދައުވަތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2017 ވަނަ އަހަރުގެތެރޭގައެވެ. އެއަށްފަހު އުފެދިގެން އައި އެމްޑީޕީ ވެރިކަމުގައި އެ މަޝްރޫޢުގެ މަސައްކަތް މަޑުޖެހި ކުރިއަށް ނުގޮސް އޮއްވާ އެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް މަސައްކަތް ނިންމަވަމުން ގެންދަނީ ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނުގެ އިސްނެންގެވުމުގެމަތީންކަން ފާހަގަ ކުރެވެއެވެ. އެމަނިކުފާނު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން 2023 ވަނަ އަހަރުގެ ނޮވެމްބަރުގައި އެ މަޝްރޫޢުގެ މަސައްކަތް ބައްލަވާލައްވަން އެއާޕޯޓަށް ޒިޔާރަތް ކުރައްވައިފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް