
އެއާޕޯޓުން ވައްކަމުގައި ބައިވެރިވި ހަތަރު މީހަކު ހައްޔަރުކޮށް، ލޯންޗު ވެސް ހޯދައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ރޭ ފަތިހު ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ސޫޓް ކޭސް ފޭރިގަތް މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ޓާމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ 2 މުވައްޒިފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތުމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފަތިހު 4:25 ހާއިރުއެވެ.
މި މައްސަލަ ރިޕޯޓްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ ތަހުގީގު ހަލުވިކޮށް، ކުށްކުރުމަށް ބޭނުންކުރި ލޯންޗު ހޯދައި، މިކަމުގައި ޝާމިލްވާ 4 މީހަކު ހައްޔަރުކޮށްފައެވެ.
މިކަމާ ގުޅިގެން، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ފުލުހުންގެ އޮފިސަރުންގެ ހަލުވި އަދި އެދެވޭ މަސައްކަތް ފާހަގަކުރާ ކަމަށާއި، ކުށްވެރިން ހައްޔަރުކުރުމަށް އެޅުނު ފިޔަވަޅުތަކަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.
މި މައްސަލަ މިހާރުވެސް ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކޯޓު އަމުރެއްގެދަށުން ސަނީ އުމަރު ހައްޔަރުކޮށްފި2025 ޑިސެމްބަރު 02
ހުޅުމާލޭގެ އެކި ތަންތަނުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ2025 ޑިސެމްބަރު 02
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު ކޮއްފި2025 ޑިސެމްބަރު 01
ސީޕީ ނަވީން ހިމެނޭގޮތަށް ފުލުހުންގެ އިސް ވެރިންތަކެއް ސަސްޕެންޑް ކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި!2025 ނޮވެމްބަރު 26