
އެއާޕޯޓުގައި ހިންގި ފޭރުމާއި ގުޅިގެން ހައްޔަރުކުރި 4 މީހުންގެ ވަނަވަރު އާންމުކޮށްފި
ޒައުޖަތު އަޙުމަދުއެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި 4 މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ 2025 އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގައި ބޭނުންކުރި ލޯންޗް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުޙުމަތުގައި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އެއީ، ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓާމިނަލް އެކަކަށް ވަންނަން ދިޔަ، ބޭންކެއްގެ 2 މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތުމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ފަތިހު 4:25 ހާއިރުއެވެ. އަދި މި މައްސަލަ ރިޕޯޓްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ ތަޙުޤީޤު ހަލުވިކޮށްފައެވެ. ފުލުހުން ވަނީ މިކަމުގައި ޝާމިލްވާ 4 މީހަކު ހައްޔަރުކޮށް، އެ އެމީހުން ބޭނުންކުރި ލޯންޗް ހޯދައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކޯޓު އަމުރެއްގެދަށުން ސަނީ އުމަރު ހައްޔަރުކޮށްފި2025 ޑިސެމްބަރު 02
ހުޅުމާލޭގެ އެކި ތަންތަނުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ2025 ޑިސެމްބަރު 02
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު ކޮއްފި2025 ޑިސެމްބަރު 01
ސީޕީ ނަވީން ހިމެނޭގޮތަށް ފުލުހުންގެ އިސް ވެރިންތަކެއް ސަސްޕެންޑް ކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި!2025 ނޮވެމްބަރު 26