
ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ޒައުޖަތު އަޙުމަދުމިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރު ދެއްކުމަށްފަހު ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ؛ ލ. މާވަށް ރޭޝަމް، މާޒިން މޫސާ، މ. ކޯރަސް، އަހުމަދު ރައިހާން ނައީމް، ކ. ގުރައިދޫ އަޅިވިލާގޭ، އިބްރާހިމް އަނޫފް، ކ. ގުރައިދޫ އަޅިވިލާގޭ ހުސައިން ޝަހުދުއެވެ.
ޑޮލަރު އަޅާފައި ހުރި ސޫޓް ކޭސް ހިފައިގެން ޓާމިނަލަށް ވަންނަން އުޅުނު ދެ މުވައްޒަފަށް ބިރު ދެއްކުމަށްފަހު އެ މީހުން ފޭރިގަނެފައި ވަނީ، ވީއައިއޭއިން ފުރާ ދިވެހިންނަށް ދޫކުރަން ގެންދިޔަ 130،000 ޑޮލަރެވެ.
ފުލުހުން ވަނީ މި ހަތަރު މީހުން ހޯދުމަށްފަހު ހަމަ އެދުވަހު އެ މީހުން ކޯޓަށް ޙާޟިރުކޮށްފައެވެ. ކޯޓުން އެމީހުން ވަނީ 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިން ކޯޓުން ދިން މުއްދަތު ހަމަވާތީ އެ މީހުން ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން އެ ހަތަރު މީހުން ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
ބީއެމްއެލްގެ މުވައްޒަފުންނަށް ބިރު ދެއްކުމުގެ އިތުރުން އެމީހުން ވަނީ އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ މުވައްޒަފުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭ ކޮށްފައެވެ.
ޑޮލަރު ސޫޓް ކޭސް ހިފައިގެން، އެމީހުން ދިޔައީ މާލެ އަތޮޅު ހުރައަށެވެ. ހުރައަށް ގޮސްފަ އެވެ. އަދި އެ މީހުން ހައްޔަރުކުރީ އެ ރަށުގައި ތިއްބަ އެވެ.
މި މައްސަލާގައި މާލެ އަތޮޅު ގުރައިދުއަށް ނިސްބަތްވާ ދެބެއިން ހިމެނޭކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެއާޕޯޓުގައި ހިންގި ފޭރުމާއި ގުޅިގެން ހައްޔަރުކުރި 4 މީހުންގެ ވަނަވަރު އާންމުކޮށްފި2025 އޮކްޓޯބަރު 28
އެއާޕޯޓުން ވައްކަމުގައި ބައިވެރިވި ހަތަރު މީހަކު ހައްޔަރުކޮށް، ލޯންޗު ވެސް ހޯދައިފި2025 އޮކްޓޯބަރު 27
މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓުން ބީއެމްއެލްގެ ފައިސާތަކެއް ފޭރިގެންފި2025 އޮކްޓޯބަރު 27
ދިވެހިރާއްޖޭގެ މިނިވަން ދުވަހު އައު ޓަރމިނަލް ހުޅުވީ ކީއްވެ!2025 ޖުލައި 27