logo
logo
މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓުން ބީއެމްއެލްގެ ފައިސާތަކެއް ފޭރިގެންފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓުން ބީއެމްއެލްގެ ފައިސާތަކެއް ފޭރިގެންފި

2025 އޮކްޓޯބަރު 27
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ރޭ ފޭރިގެންފި އެވެ.

ފުލުހުން ބުނީ ފައިސާ ހުރި ސުއިޓް ކޭސް ފޭރިގަތް އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭގެ ފަތިހު 4:45 ހާއިރު ކަމުގައެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހްގީގް ކުރަމުންނެވެ. 

މި ހާދިސާގައި ފޭރިގަތް ސޫޓުކޭހުގައި ހުރީ ކިހާ ފައިސާއެއްކަމާއި، މިކަމާ ގުޅޭގޮތުން ބީއެމްއެލުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް