
ހިޔާ ފުލެޓް ނިންމާށާއި ވިނަރެސް ފުލެޓް ގަތުމަށް ދޫކުރި ލޯނުގެ އިންޓަރެސްޓް ކުޑަކޮށްފި!
ޒައުޖަތު އަޙުމަދުހިޔާ ފުލެޓް ނިންމާށާއި ވިނަރެސް ފުލެޓް ގަތުމަށް ދޫކުރި ލޯނުގެ އިންޓަރެސްޓް ކުޑަކުރަން ނިންމައި އެކަން ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއަށް އަންގަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢު ތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނު ތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އާއެކު ވަނީ އެމަނިކުފާނު މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސް ވިދާޅުވީ ހިޔާ ފްލެޓް ތަކުގެ ފިނިޝިންގ ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓަރެސްޓް ރޭޓް %12 އިން %10 އަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމަށް ބީއެމްއެލްއަށް އަންގަވާފައިވާ ކަމަށެވެ.
މީގެއިތުރުން، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓަރެސްޓް ރޭޓް %9 އިން %8 އަށް ކުޑަ ކުރުމަކީ ކުރެވިދާނެކަމެއްކަމަށް ވެސް ބޭންކް އޮފް މޯލްޑިވްސް އިން މަޢުލޫމާތު ލިބިފައިވާތީ، އުސޫލުގެ ތެރެއިން އެ ކަންތައް ކޮށްދެއްވުމަށް ވެސް ބީއެމްއެލްގައި އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު، ގެދޮރުވެރިކަމާބެހޭ ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު ސަރުކާރުން ހިޔާ ފުލެޓްގެ ނަމުގައި ހުޅުމާލެ ފޭސް2 ގައި އިމާރާތް ކުރި 7،000 ފުލެޓް އާންމުންނަށް ދޫކޮށްފައި ވާނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރުގައެވެ. އެ ފުލެޓް ދޫކޮށްފައި ވަނީ ގިނަ މަސައްކަތްތައް ނުނިންމާ ކަމަށްވާތީ ގިނަ ބަޔަކު އެ މަސައްކަތްތައް ނިންމާފައި ވަނީ ލޯނު ނަގައިގެންކަން ފާހަގަ ކުރެވެއެވެ. ވިނަރެސްގެ ލޯނުގެ އިތުރުން މިއަދު ލުއި ދެއްވީ އެ ލޯނުތަކަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ހެޔޮކުރަން: ރައީސް2025 ޑިސެމްބަރު 05
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03