logo
logo
އަންހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

އަންހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

2025 ނޮވެމްބަރު 20
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކުރި މައްސަލައާ ގުޅިގެން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މާފަންނު ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އަންގާރަ ދުވަހު އިރުއޮއްސި 18:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަަދު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތުގައި ހަަމަ އެ ދުވަހުގެ ރޭގެ ވަގުތެއްގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަަަމަށެވެ.

އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް