logo
logo
ރާއްޖޭގެ ފުރަތަމަ ބޯޑިންގ ބުރިޖް ވެލާނާ އެއާޕޯޓުގައި ޓެސްޓްކޮށްފި!

ރާއްޖޭގެ ފުރަތަމަ ބޯޑިންގ ބުރިޖް ވެލާނާ އެއާޕޯޓުގައި ޓެސްޓްކޮށްފި!

2025 ޖުލައި 14
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަސެންޖަރ ބޯޑިންގ ބުރިޖް ނުވަތަ އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ވެލާނާ އެއާޕޯޓުގައި ޓެސްޓްކޮށްފިއެވެ.

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަ ޓްރަޔަލްއެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މަތިންދާބޯޓުން ފައިބައިގެން ޓާމިނަލަށް ދާން މިހާރު އޮންނަ ހަމަ އެކަނި ގޮތަކީ ބަހަކަށް އެރުން ނުވަތަ ހިނގާފައި ދިއުމެވެ. ނަމަވެސް އޭރޯ ބްރިޖާއެކު މަތިންދާބޯޓުން ފައިބައިގެން ފަސިންޖަރުންނަށް ސީދާ ޓާމިނަލަށް ވަދެވޭނެއެވެ. މިކަމުގެ ސަބަބުން ފަސިންޖަރުން އުފުލަންޖެހޭ ދަތިތަށް ކުޑަ ކުރެވި, ވަގުތު ސަލާމަތް ކުރެވި, ރައްކާތެރިކަން ކަށަވަރު ކުރެވޭނެއެވެ.

ވަގުތުގެ ގޮތުން ބަލާ ނަމަ އޭރޯ ބްރިޖާއެކު މަތިންދާބޯޓަކުން ފަސިންޖަރުން ހުސްކުރުމަށް ނަގާނީ އަށް ވަރަކަށް މިނެޓެވެ. މިކަމުގެ ސަބަބުން މަތިންދާބޯޓު ފުރުވާލުން އަވަސްވެ, އިތުރު މަތިންދާބޯޓަށް ޖާގަ ލިބިގެންދާނެއެވެ.

އައު ޓާމިނަލާއެކު މި ޚިދުމަތް ލިބެން ފަށާއިރު، އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޓްރަޔަލް ފައްޓަވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.

 

 

އެއިރޯ ބުރިޖްގެ ޓެސްޓް މަރުހަލާއަށްފަހު ވާހަކަފުޅު ދައްކަވަމުން، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަޠީފު ވިދާޅުވީ, މިއަދަކީ އެމްއޭސީއެލް އާއި ރާއްޖޭގައި ޙަޔާތުގައި މުހިންމު އަދި އެމްއޭސީއެލްގެ މުވައްޒަފުންނަށް އުފާވެރިކަމެއް ލިބިގެންދާނެ ދުވަހެއް ކަމަށެވެ.

ރާއްޖޭގެ މައި ދޮރާށީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް ސސަރުކާރުން ވަމުން އަންނައިރު، އައު ޓާމިނަލް ހުޅުވަން ހަމަޖެހިފައި ވަނީ މިއަހަރުގެ މިނިވަން ދުވަހުއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް