logo
logo
ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފި

ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފި

2025 ސެޕްޓެމްބަރު 07
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުވެފައިވާ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތުގެ ދަށުން އެމްއޭސީއެލް އިން އަލަށް ހަވާލުވެފައިވާ ނުވަ ޑޮމެސްޓިކް އެއާޕޯޓަށް ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް، އެއާޕޯޓްތަކުގެ ހާލަތު ބަލައި އަދި ހަރުދަނާކުރުމަށް ކުރަން ޖެހޭ ކަންކަން ފާހަގަކުރާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން މިދިޔަ ހަފުތާގައި ފުވައްމުލަކު އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ ހާލަތު ބެލުމަށްފަހު, އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ބައްދަލު ކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ރީޖަަނަލް އެއާޕޯޓްސް ކުންފުނިި އުވާލައި، އެ ކުންފުނީގެ ދަށުގައި ހުރި އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެމްއޭސީއެލްއިން އެ އެއާޕޯޓުތަކާ ހަވާލުވީ މިދިޔަ މަހު އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް