logologologologo
STO
ޚަބަރު

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ ނައީމް އަވަހާރަ ވެއްޖެ

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ ނައީމް އަވަހާރަ ވެއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖެނުއަރީ 13

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ، މުހައްމަދު ނައީމް ހުސެއިން އަވަހާރަވެއްޖެއެވެ.

ނައިމް އަވަހާރަވެފައިވާކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް ވަނީ ހާމަކޮށްފައެވެ.

އެމްއޭސީއެލުން ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ، ނައީމް އަވަހާރަވުމަކީ އެކުންފުންޏަށް ލިބޭ ހިތާމައެއް ކަމަށެވެ. އަދި ނައީމް އަވަހާރަވުމަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ގެއްލުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ނައީމް ވައިގެދަތުރުފަތުރުގެ ދާއިރާއަށް ކޮށްދެއްވި ހިދުމަތްތައް އަބަދުވެސް އަގުވަޒަންކޮށް ހަނދާނުގައި ހުންނާނެ ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.

ނަޢީމް އަވަހާރަވީ ޢުމުރުފުޅުން 74 އަހަރުގައެވެ.

MALDIVE GASAllied Insurance
އިތުރަށް