
މަރްޙޫމް ނަޢީމްގެ ޚިދުމަތުގެ ހަނދާންތައް ފަނޑުވުމެއްނެތި ދެމިހުންނާނެ: ރައީސް މުޢިއްޒު
އަލްމަރުޙޫމް މުޙައްމަދު ނަޢީމް ޙުސެއިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއްނެތި ދެމިހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވރފައިވަނީ ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރގެ މަޤާމު ފުރުއްވި މުޙައްމަދު ނަޢީމް ޙުސެއިން އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ބައި ޤަރުނުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ފަތުރުވެރިންނަށް ހުޅުވާލުމަށްފަހު ބައިނަލްއަޤުވާމީ ދަތުރުތައް އިތުރުކުރުމަށް ޤައުމި ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ދޭން ފެށުން ގުޅިފައިވަނީ ނަޢީމްގެ ހަނދާނާކަމަށެވެ. އެހެންކަމުން ނަޢީމްގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ދަނޑުވުމެއްނެތި ދެމިހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އުމުރުފުޅުން 74 އަހަރުގައި ނައީމު އަވަހާރަވީ, އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ. އޭނާ އަވަހާރަވީ މިދިޔަ އާދިއްތަ ދުވަހުއެވެ. ޖަނާޒާ އޮތީ އިއްޔެ ހުޅުމާލޭ ސަހަރާގައެވެ.
ނައީމް ހުޅުލޭ އެއާޕޯޓުގައި މަސައްކަތްކުރައްވަން ފެއްޓެވީ 1967 ގަ އެވެ.
ނައީމް ވަނީ ހިދުމަތުން ރިޓަޔަރވުމާއި ހަމައަށް ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގައި ޚިދުމަތްކުރައްވާފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް2026 މާރިޗު 23
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް2026 މާރިޗު 23