
ޖަލު ހެދުމުގައި ކޯޓަށް ދާން ބައްސާމު ދެކޮޅުހަދައިފި!
ޒައުޖަތު އަޙުމަދުއެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ޖަލު ހެދުމުގައި ކޯޓަށް ދާން ދެކޮޅުހަދައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖަލު ހެދުމުގައި ބިޑިއަޅުވާފައި ހުރެގެން ޝަރީޢަތުގެ މަޖިލީހަށް ކޯޓަށް ދާން ބައްސާމު ދަނީ ދެކޮޅު ހަދަމުންނެވެ.
އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އޭނާ ދަނީ 9 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންނެވެ.
ބައްސާމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އިތުރު ދަޢުވާއެއްގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި މިއަދު ހެނދުނު 8:15 އަށް ތާވަލުކޮށްފައި އޮތް ނަމަވެސް ކަރެކްޝަނަށް އޭނާ ކޯޓަށް ޙާޟިރު ކުރެވިފައިނުވަނީ އޭނާ ދެކޮޅު ހަދާތީ ކަމަށް ކަރެކްޝަނާ ހަވާލާ ދީ ކުރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
ބައްސާމު ކޯޓަށް ޙާޟިރުކުރުން ލަސްވި ނަމަވެސް މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައެއް ނުވެއެވެ.
އޭނާގެ މައްޗަށް މިހާރު ކުރިއަށް ދަނީ ފީފާއިން އެފައޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ހުޅުމާލެ އަމީން އެވެނިއުއިން ފުލެޓް ގަތްކަމަށް ތުޙުމަތު ކުރެވޭ މައްސަލައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ބައްސާމް 4 އަހަރަށް ޖަލަށް، އެކައުންޓަށް މަހަކު 34 ހާސް ޑޮލަރު ޖަމާވަމުން ދިޔަކަން ހާމަވެއްޖެ2025 އޮކްޓޯބަރު 09
ރޭގެ މުޒާހަރާއިން ހައްޔަރުކުރި ގިނަ މީހުނަށް އިތުރު މުއްދަތު ޖަހައިފި2025 އޮކްޓޯބަރު 04
ރިޝްވަތުގެ 2 ދަޢުވާ ސާބިތުވެ، މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ 12 އަހަރަށް ޖަލަށްލާން ޙުކުްމްކޮށްފި2025 ސެޕްޓެމްބަރު 29
ގޭންގު އަދި ނުރައްކާތެރި ކުށްތަކުގެ އައު ޤާނޫނުގެ ދަށުން ބަޔަކު ހައްޔަރުކޮށްފި2025 ސެޕްޓެމްބަރު 05