ބައްސާމް 4 އަހަރަށް ޖަލަށް، އެކައުންޓަށް މަހަކު 34 ހާސް ޑޮލަރު ޖަމާވަމުން ދިޔަކަން ހާމަވެއްޖެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މަހު މުސާރައަކީ 5،000 ޑޮލަރުކަމަށް ބުނި ނަމަވެސް، ބައްސާމްގެ އެކައުންޓަށް މަހަކު 34،000 ޑޮލަރު ޖަމާވަމުން ދިޔަކަމުގައި އޭނާ ޖަލަށްލާން އިއްޔެ ކޯޓުން ކުރިން ޙުކުމުން ހާމަވެއްޖެއެވެ.
ޚިޔާނާތުގެ ކުށް ސާބިތުވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 4 އަހަރުގެ ޖަލު ޙުކުމެއް ބައްސާމުގެ މައްޗަށް އިއްވާފައެވެ. އޭނާގެ މައްޗަށް ސާބިތުކުރެވުނީ ކެވެ.
އެ ޙުކުމްގައިވާ ގޮތުން، 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ދިން ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމް އޭނާގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން ހާމަވެއެވެ.
މީގެއިތުރުން ބައްސާމްގެ ނަމުގައި ހިންގާ ގްލޭސިއާ އިންވެސްޓްމެންޓް ކުންފުނިން އެފްއޭއެމްގެ ފައިސާއިން ވިޔަފާރިކޮށްފައިވާކަން ސާބިތުވެއެވެ. ސިންގަޕޫރުގެ އަގުބޮޑު ފިހާރަތަކުން އެ ވިޔަފާރި ހިންގާފައިވާކަން ރިޕޯޓުތަކުން ދައްކައެވެ.
މީގެއިތުރުން ކޮވިޑް-19 ގެ ދުވަސްވަރު ފުޓްބޯޅަ ކްލަބުތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް ފީފާއިން އެފްއޭއެމްއަށް ދޫކުރި އެހީގެ ފައިސާ ބޭނުންކޮށްގެން ދެ އެޕާޓްމަންޓް ގަނެފައިވާ ކަމަށް ބައްސާމްގެ މައްޗަށް ތުޙުމަތުކޮށް ފުލުހުން ގެންދަނީ އެ މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
ބައްސާމް 4 އަހަރަށް ޖަލަށްލާން އިއްޔެ ޙުކުމް ކޮށްފައިވާއިރު، އޭނާގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި އިތުރު ދެ މައްސަލައެއް ކުރިއަށްދާކަން ފާހަގަ ކުރެވެއެވެ.
އިތުރަށް




.gif.gif&w=828&q=100)
