
ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހަނިމާދޫ އެއާޕޯޓު މިރޭ ހުޅުވަނީ
ޒައުޖަތު އަޙުމަދުކުލަގަދަ ރަސްމިއްޔާތަކާއިއެކު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މިރޭ ހުޅުވަން ތައްޔާޜުވެއްޖެއެވެ.
ހަނިމާދޫ އެއާޕޯޓު ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.
ހަނިމާދޫ އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އޮންނަތާ 12 އަހަރު ވަނީ ވެފައެވެ.
2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބެންކްގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި އެއާޕޯޓު ތަރައްޤީ ކޮށްފައި ވަނީ އެންމެ ބޮޑެތި A-320 އަދި ބޮއިން 737 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރަށެވެ.
މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫ ވަނީ މިއަދު ރާއްޖެވަޑައިގެނެފައެވެ.
އަތޮޅުތަކުގެ އެއާޕޯޓުތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް އެއިރޯ ބްރިޖާއެކު ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށެވެ. މި މަސައްކަތްކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢަކީ 136.6 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން މިރޭގެ ރަސްމިއްޔާތުގެ މެހުމާނުންނަށް މަރުޚާބާ ދެންނެވުމަށް ސަޤާފީ ހުށައެޅުމެއްވެސް ކުރިއަށްދާނެއެވެ. އަދި ހަވާއެރުވުމުގެ ހަރަކާތެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ހަނިމާދުއާއި މި ސަރަޙައްދުގެ 13 ރަށެއް ހިމެނޭހެން ޚާއްސަ ފަރިކޮޅެއް އެރުވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.
މި ރަސްމިއްޔާތު އޮންނާނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ސަރަޙައްދުގައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ވިޔަފާރިތައް އުތުރުގެ ރައްތަކަށް ފުޅާކުރަން ލިބުނު ރަނުގެ ފުރުސަތެއް: ރައީސް 2025 ނޮވެމްބަރު 09
އުތުރުގެ ތަރައްގީގެ މައި ދޮރާށި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފި2025 ނޮވެމްބަރު 09
ހަނިމަދޫ އެއާޕޯޓް ނޮވެންބަރުގައި ހުޅުވަނީ2025 އޯގަސްޓު 25
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ވާހަކައަކީ ދޮގެއް!2025 ޖުލައި 05