ހަނިމަދޫ އެއާޕޯޓް ނޮވެންބަރުގައި ހުޅުވަނީ

ހަނިމާދޫގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެންމެ ލަސްވެގެން އަންނަ ނޮވެމްބަރު މަހު ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެއަރޕޯޓުގައި މިހާރު ކުރިއަށްދަނީ ޒަމާނީ ފެންވަރަށް ގިނަ ވަސީލަތާއެކު އެންމެ ހަލުވި ސްޕީޑުގައި ނިންމުމަށް ކުރާ މަސައްކަތްކަން ފާހަގަކުރައްވާ ރައީސް ވަނީ އެ މަޝްރޫޢު އެންމެ ލަސްވެގެން ހުރިހާ ޚިދުމަތަކާއެކު ނޮވެމްބަރ މަހު ބޭނުންކުރަން ފެށޭވަރަށް ނިންމަވާނެކަމަށް ވިދާޅުވެފައެވެ.
ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫ އެވެ. މިދިޔަ ޖުލައި މަހު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި އޭރު އެއާޕޯޓުގެ 88.7 ޕަސެންޓް ވަނީ ނިމިފަ އެވެ. އަދި ސެޕްޓެމްބަރު މަހު މަސައްކަތް އެއްކޮށް ނިންމޭނެ ކަމަށް ވިދާޅުވި އެވެ.
ކަލްޕަތަރު ޕްރޮޖެކްޓްސް އަށް މިހާރު ނަން ބަދަލުކޮށްފައިވާ އިންޑިއާގެ ކުރީގެ ޖީއެމްސީ ކުންފުންޏާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު 2022 ގަ އެވެ.
އިތުރަށް


.jpg&w=3840&q=100)

.gif.gif&w=828&q=100)
