ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ވާހަކައަކީ ދޮގެއް!

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބްރާސްފަތިދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ވަނީ، އަދުގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން އުޅޭކަމަށް ތުހުމަތުކުރައްވައި ވާހަކަދައްކަވާފައެވެ.
ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމީނު ވިދާޅުވެފައިވަނީ، މި ސަރުކާރުން އަދާނީ ގްރޫޕަށް ހަނިމާދޫ އެއާޕޯޓް ވިއްކާލުމަށްޓަކި އެކަމާ ގުޅޭގޮތުން ސިންގަޕޫރުގައި ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށެވެ. އެގޮތުން އެ މުއާމަލާތުގައި އަދާނީ ގްރޫޕްގެ ޗެއާމަނާ ސަރުކާރުގެ ފަރާތުން ބައްދަލުކޮށްފައިވާކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. މި ޖަލްސާގައި ރައީސް ޔާމިނު ވިދާޅުވެފައިވަނީ ސަރުކާރުން ވިއްކުމަށް ނިންމާފައިވާ ތަންތަނުގެ ލިސްޓްގައި ހަނިމާދޫ އެއާޕޯޓް ހިމެނޭކަން ފާހަގަކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކަތަަކެއް ކަމަށެވެ. އަދި ހަނިމާދޫ އެއާޕޯޓް ވިއްކާލުމުގެ ގޮތުން ސިންގަޕޫރުގައި ބަޔަކާ ވާހަކަދައްކާފައި ނުވާނޭކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)
