
ހިޔާގެ 4 ޓަވަރެއްގައި އިތުރު ލިފްޓު ހަރުކޮށް ބޭނުން ކުރަން ފަށައިފި
ޒައުޖަތު އަޙުމަދުހިޔާގެ 4 ޓަވަރެއްގައި އިތުރު ލިފްޓު ހަރުކޮށް ބޭނުން ކުރަން ފަށައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގެ 4 ޓަވަރެއްގައި ލިފްޓު ހަރުކޮށް އާންމުންނަށް ހުޅުވައިލައިފައިވާކަމަށެވެ.
އެޗްޑީސީން ބުނީ ހިޔާ ޓަވަރުތަކުގައި އިތުރުކުރޭ ލިފްޓުތަކުގެ މަސައްކަތުގެ، %75 މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ޓަވަރު 1، 2، 3 އަދި 4ގެ %100 މަސައްކަތް ނިމި އާންމުންނަށް މިހާރު ބޭނުން ކުރެވޭނެކަމަށެވެ.
އެ ކުންފުނިން ބުނީ ދެން އެންމެ އަވަހަށް މަސައްކަތްނިމި ޚިދުމަތް ދެވެން ފަށާނީ ޓަވަރު 5 އަދި 6 ކަމަށާއި އެ ދެ ޓަވަރުގެ ވެސް %90 މަސައްކަތް ނިމިފައިވާކަމަށެވެ.
އެޗްޑީސީން ބުނީ ޓަވަރުތަކުގައި ހަރުކުރެވޭ އައު ލިފްޓުތަކުގައި ބަލި މީހުން އުފުލޭނެ އިންތިޒާމާއި ސްޓްރެޗަރ އެރުވޭނެ ގޮތަށް ހުންނާނެ ކަމަށާއި ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ފްލޯ ނަންބަރު ބްރެއިލްއިން ހަރުކުރެވިފައި ހުންނާނެކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ފުލެޓް ކުއްޔަށް ދީފައިވާނަމަ ފިޔަވަޅު އަޅާނެކަމަށް އެޗްޑީސީން ވެސް ބުނެފި2025 އޮކްޓޯބަރު 12
ރައީސް ވަޢުދުވި މީޑިއާ ވިލެޖްގެ މަސައްކަތް އެއް އަހަރުތެރޭ ނިންމަން ބަޔަކާ ހަވާލުކޮށްފި!2025 އޯގަސްޓު 21
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރު ޢައްޔަނު ކުރައްވައިފި!2025 ޖުލައި 30
އިތުރު 93000 ވަޒީފާގެ ފުރުސަތު ފަހިވާގޮތަށް ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ބަދަލު ގެނެސްފި!2025 މޭ 26