
ރައީސް ވަޢުދުވި މީޑިއާ ވިލެޖްގެ މަސައްކަތް އެއް އަހަރުތެރޭ ނިންމަން ބަޔަކާ ހަވާލުކޮށްފި!
ޒައުޖަތު އަޙުމަދުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުފުޅުގައި ހިމެނޭ މީޑިއާ ވިލެޖް ބިނާކުރުމުގެ މަސައްކަތް އެއް އަހަރުތެރޭ ނިންމަން ބަޔަކާ ހަވާލުކޮށްފިއެވެ.
މީޑިއާ ވިލެޖް ތަރައްޤީ ކުރައްވާނީ އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތް ކުރަން ފަށާފައިވާ ސިޓީ ހޮޓާ އިމާރާތުގައި ކަމަށް ވެސް ރައީސް ކުރިން ވަނީ ވިދާޅުވެފއެވެ.
މި އިމާރާތުގައި މީޑިއާތަކަށް ޚާއްޞަ މީޑިއާ ވިލެޖާ އެކު، ފަސް ތަރީގެ ހޮޓަލެއް ހެދުމަށް އެޗްޑީސީން ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީން ހަދާފައިވާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްއާއެކު ރޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
"މެންހެޓަން ގްރޭންޑް ހޮޓެލް" ގެ ނަމުގައި ހަދާ ފަސް ތަރީގެ އެ ހޮޓާލުގެ އެއްބަސްވުމުގައި ސޮއިކުރީ އެޗްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ.
މަސައްކަތްފަށާ ނުނިމި 18 އަހަރު ވެފައިވާ އެ އިމާރާތުގައި މީޑިއާ ވިލޭޖުގެ އިތުރުން ތަރިކަ ކޮލެޖާއި އެމްއެންޔޫ މެޑިކަލް ސްކޫލާއި ޔޫތު ސެންޓަރަށް ޚާއްޞަ ޖާގައެއް ކަނޑައަޅާނެ އެވެ. އެ ތަންތަން ނިންމަން ފަސް މަސް ދުވަސް ވަނީ ދީފަ އެވެ. އެ ހަތަރު ތަނަށް ދޭ ޖާގަ ހެދުމަށް ހަތް މިލިއަން ޑޮލަރު ޚަރަދު ކުރާނެއެވެ.
މި ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވަން ކަނޑައަޅާފައި ވަނީ ކުރިއަށް އޮތް 12 މަސް ދުވަހުގެ މުއްދަތެވެ.
ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުގެ ސީއީއޯ ފަހިޔަސް ޕަންގަޓް ވިދާޅުވީ، އެ ޕްރޮޖެކްޓްގެ ދަށުން ހަތަރު ކެޓަގަރީއެއްގެ ކޮޓަރި ހަދާނެ ކަމަށާއި އެ ހޮޓަލުން އެންމެ ޒަމާނީ ލަގްޒަރީ ހިދުމަތްތައް ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، ޕްރޮޖެކްޓްގެ މަސައްކަތް ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް ނިންމޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތެވެ.
މެންހެޓަން ގްރޭންޑް ހޮޓަލުގައި 158 ކޮޓަރި ހިމެނޭއިރު ކޮންފަރެންސާއި މަޕްޓި ޕާޕަސް ހޯލާއި ސުވިމިން ޕޫލްގެ އިތުރުން ދުނިޔޭގެ މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ފުޑް އައުޓްލެޓަށް ޖާގަ ލިބޭނެ އެވެ. އަދި ޖިމާއި ސްޕާގެ ހިދުމަތް ވެސް އެ ހޮޓަލުން ލިބޭނެ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މަސްތުވާތަކެތި އެތެރެކުރާ މީހުނަށް މަރުގެ އަދަބު ދޭގޮތަށް އިޞްލާޙްކުރި ޤާނޫނު ތަސްދީޤްކުރައްވައިފި2025 ޑިސެމްބަރު 06
ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ޚަރަދު އުނިވާގޮތަށް އިޞްލާޙުކުރި ޤާނޫނަށް ޢަމަލު ކުރަންފަށައިފި2025 ޑިސެމްބަރު 06
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި ޒަކާތުގެ ބިލު ތަސްދީޤު ކުރައްވައިފި2025 ޑިސެމްބަރު 06
އެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ހެޔޮކުރަން: ރައީސް2025 ޑިސެމްބަރު 05