
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރު ޢައްޔަނު ކުރައްވައިފި!
ޒައުޖަތު އަޙުމަދުއެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރު ޢައްޔަނު ކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް، ޕީސީބީން ވިދާޅުވީ ޖުލައި 30، 2025 ވަނަ ދުވަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް – އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ދަފްތަރު ނަންބަރު ރސ. 6544، ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު ޢައްޔަނު ކުރައްވާފައިވާ ކަމަށެވެ.
މި މަޤާމަށް ޢަލީ ޒުހައިރު ޢައްޔަނު ކުރައްވާފައި ވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މަޢުރޫފް ޖަމީލް މިއަދު އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. އަންނަ އޮގަސްޓް މަހު މަޤާމުން އިސްތިޢުފާ ދެއްވަން ނިންމަވާފައިވާ ކަމަށް މަޢުރޫފް ވަނީ ކުރިން ހާމަކުރައްވައިފައެވެ.
ޕީސީބީން މި ބަދަލު ގެނެސްފައި މިވަނީ، ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑް – އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނަވަނިކޮށް ޢަލީ ޒުހައިރު އެ މަޤާމުން ވަކި ކުރެއްވުމަށްފަހުގައެވެ.
މި ބަދަލާއިއެކު، ޕީސީބީން ވަނީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މއ. އެލީޒިއަމް އަލްފާޟިލް އިބްރާހިމް ނަޘީމް، ވަނީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަނު ކުރައްވައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދައުލަތުގެ 3 ކުންފުނީގެ މެނޭޖިން ޑިރެކްޓަރުން މަޤާމުން ވަކިކޮށްފި!2026 އޭޕްރީލު 06
ހުޅުމާލޭ ފޭސް 2 ގައި ގާއިމްކުރި ރޯދަ މާރުކޭޓު ހުޅުވައިފި2026 ފެބްރުއަރީ 19
ހުޅުމާލެ ފަޅުތެރޭގައި ކުރާ ފައިބަރުގެ މަސައްކަތް ހުއްޓާލަން މުއްދަތު ދީފި2026 ޖެނުއަރީ 15
ސްޓެލްކޯގެ އެމްޑީ ޝަމާޙް އެ މަޤާމުން ވަކިކޮށްފި2026 ޖެނުއަރީ 11