ހުޅުމާލެ ފަޅުތެރޭގައި ކުރާ ފައިބަރުގެ މަސައްކަތް ހުއްޓާލަން މުއްދަތު ދީފި

ހުޅުމާލެ ފަޅުތެރޭގައި އޮޑިދޯނިފަހަރުގައި ކުރާ ފައިބަރުގެ މަސައްކަތް ހުއްޓާލަން، ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން މުއްދަތު ދީފިއެވެ.
އެޗްޑީސީން މިރޭ ކުރި އިޢުލާނެއްގައި ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮޑިދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ކުރަމުން އަންނަކަން އެ ކޯޕަރޭޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ ތިމާވެއްޓަށާއި ފަޅުތެރެ ބޭނުން ކުރާ އެހެން ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަކަށް ވާތީ، ހުޅުމާލެ ފަޅުތެރޭގައި ފައިބަރުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.
އެޗްޑީސީން ވަނީ ހުޅުމާލެ ފަޅުތެރޭގައި ފައިބަރުގެ މަސައްކަތް ކުރާ ފަރާތްތަކުން، 18 ޖަނަވަރީ ވާ އާދީއްތަ ދުވަހުގެ 00:00 ގެ ކުރިން އެފަދަ މަސައްކަތް ހުއްޓާލުމަށް ނުވަތަ އެފަދަ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް ބަދަލުކުރުމަށް އަންގައިފައެވެ.
އެޗްޑީސީން ބުނީ އެ މުއްދަތުގެ ކުރިން އެފަދަ މަސައްކަތް ހުއްޓާލާފައި ނުވާނަމަ، މެރިން ޕޮލިހާއި ކަމާގުޅޭ އެހެން އިދާރާތައް ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފައިބަރު މަސައްކަތް ކުރާ ފަރާތްތަކަށް ތިލަފުށިން ބިން ދޫކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އިތުރަށް





.gif.gif&w=828&q=100)
