ޚަބަރު
ހިޔާ ޕާކުގައި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސް އިންދައިފި

ޒައުޖަތު އަޙުމަދު2026 ޖުލައި 15
ހުޅުމާލެ ހިޔާ ޕާކުގައި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސް އިންދައިފިއެވެ.
މި ޙަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހައުސިން ޑިވޮލޮޕމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާއާ ގުޅިގެންނެވެ.
އެޗްޑީސީން ބުނީ ހިޔާ ޕާކުގައި ބޭސްގަސް އިންދީ، ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުމުގެ ގޮތުން ކަމަށެވެ.
މި ޙަރަކާތުގެ މަގުސަދަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްގަހާގެހި ރައްކާތެރިކޮށް ދެމެހެއްޓުމަށް އެހީތެރިވުން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އިތުރަށް

5 މިލިއަން ގަސް - އުކުޅަހުގައި ބޭއްވި ޙަރަކާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
5 އޯގަސްޓު 2026

5 މިލިޔަން ގަސް ޕްރޮގްރާމްގެދަށުން 10 ރަށެއްގައި ނާސަރީ އަޅަން ސަރުކާރުން އެހީ ދީފި
23 ޖޫން 2026

ހުޅުމާލެ ޗެނަލް ޕާކް ސަރަހައްދަށް ކޯމަސްތަކެއް ވަދެއްޖެ
4 މޭ 2026

ހުޅުމާލޭ ފޭސް 2 ގައި ގާއިމްކުރި ރޯދަ މާރުކޭޓު ހުޅުވައިފި
19 ފެބްރުއަރީ 2026

.gif.gif&w=828&q=100)