
ފުވައްމުލަކާއި އައްޑު އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގެންފި
ޒައުޖަތު އަޙުމަދުފުވައްމުލަކާއި އައްޑު އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފުވައްމުލަކާއި އައްޑޫ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށް ވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
އަތޮޅުތެރެއަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ވަޑައިގެންނެވީ މާލެ އަތޮޅު ތުލުސްދުއަށެވެ. އެމަނިކުފާނު ވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި 187 ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، 64 ރަށަކަށް ދެވަނަ ފަހަރަށް ޒިޔާރަތްކުރައްވައި، ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ އެއް ފަހަރު، އަދި 148 ކައުންސިލަކާ ދެ ފަހަރު ބައްދަލުކުރައްވައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ހެޔޮކުރަން: ރައީސް2025 ޑިސެމްބަރު 05
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03