logo
logo
ނިންމަން އުނދަގޫ ނިންމުން ނިންމާ ތަންފީޒު ކުރެވޭނީ ނިކަން މައިބަދަ ވަރުގަދަ ވެރިންނަށް: ޝިޔާމް

ނިންމަން އުނދަގޫ ނިންމުން ނިންމާ ތަންފީޒު ކުރެވޭނީ ނިކަން މައިބަދަ ވަރުގަދަ ވެރިންނަށް: ޝިޔާމް

2025 ނޮވެމްބަރު 01
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ނިންމަން އުނދަގޫ ނިންމުންތައް ނިންމަވާ ތަންފީޒު ކުރެއްވޭނީ ނިކަން މައިބަދަ ވަރުގަދަ ވެރިންނަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިއަދު ބޮޑު 3 ނިންމުމެއް ތަންފީޒު ކުރަން މިއަދު ފަށާފައިވާ 3 ކަމަކީ 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން، ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުން އަދި ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރުމެވެ.

މިކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ ޤައުމެއްގެ ޙަޔާތުގައި މިފަދަ ކަންކަން ކުރެވެނީ ނިކަން މައިބަދަ ވަރުގަދަވެރިންނަށް ކަމަށެވެ.

ޝިޔާމް ވިދާޅުވީ މި ކަންކަމަކީ ވޭތުވެދިޔަ ސަރުކާރުތަކަށް އުނދަގޫވި އެހެނަސް ޤައުމެއްގެ މުސްތަޤުބަލަށް ވެރިއަކަށް ކޮށްދެއްވޭނެ އެންމެ މުހިއްމު ކަންކަން ކަމަށެވެ.

ވަޒީރު ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ، މިފަދަކަންކަން ކުރައްވަން އުޅުއްވާއިރު ހީނުކުރާޒާތުގެ ފިއްތުންތަކާ އެކިކަހަލަ ނުފޫޒު ފޯރުވަން މަސައްކަތްކުރާ ފަރާތްތައް އަބަދުވެސް ތިބޭނެ ކަމަށާއި ރަނގަޅު ނިންމެވުންތައް ނިންމެވުމުގައި ގިނަވެެރިން ފެއިލްވަނީ މިފަދަ އެކިކަހަލަ ނުފޫޒުގައި ޖެހި ދީލާލެވިގެން ކަމަށެވެ.

"މިއަދު އަނެއްކާވެސް ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިސާބިތުކޮށްދެއްވީ އެމަނިކުފާނަކީ ޤައުމާ ރައްޔިތުންގެ ޙައްޤުގައި ކިތައްމެ އުނދަގޫ ނިންމެވުމެއް ނިންމަވާ ތަންފީޒު ކުރައްވާނެ ވެރިއެއްކަން."

ވަޒީރު ޝިޔާމް ވަނީ މި މުނާސަބަތާއި ގުޅިގެން ރައީސަށް މަރުޙަބާއާއި ޝުކުރު އަރިސް ކުރައްވައިފައެވެ.

ސަރުކާރުން މިއަދު ތަންފީޒުކުރަން ފެށި ކަންކަމަށް ބަލާލާއިރު، ދުންފަތުގެ ވަބާއިން ދިވެހިން ސަލާމަތް ކުރުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނު އިޞްލާޙް ކުރައްވާ، މި ސަރުކާރުން ޢަމަލުކުރަންފެށި "ޖެނެރޭޝަނަލް ބޭން" އަށް މިއަދު ޢަމަލު ކުރަން ފަށާފައިވާއިރު، މިކަން ވެގެން ގޮސްފައި ވަނީ ދުނިޔޭގެ ޤައުމަކުން ދުންފަތާއި ދެކޮޅަށް ތަންފީޒުކުރަންފެށި ފުރަތަމަ ޖެނެރޭޝަނަލް ބޭން ކަމުގައެވެ.

މީގެއިތުރުން ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދެއްވާ ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލައްވާފައި މިވަނީ މިބާވަތުގެ ނުވަތަ މިޔަރުގެ މަސްވެރިކަން ކުރުން މަނާކޮށްފައި އޮންނަތާ 15 އަހަރު ފަހުން ކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް