
ކުރީ ސަރުކާރުތަކުން ވާރުތަކުރި 600 މިލިއަން ޑޮލަރުގެ ދަރަނި އަންނަ އަހަރު އެކީ އެއްފަހަރާ ދައްކަންޖެހޭ
ޒައުޖަތު އަޙުމަދުކުރީ ސަރުކާރުތަކުން ވާރުތަކުރި 600 މިލިއަން ޑޮލަރުގެ ދަރަނި އަންނަ އަހަރު އެކީ އެއްފަހަރާ ދައްކަންޖެހޭ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ 2026 ވަނަ އަހަރަކީ މިދިޔަ ސަރުކާރުތަކުން، ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާއި އިދިކޮޅަށް، އެކީ އެއްފަހަރާ އަނބުރާ ދައްކާ ގޮތަށް ނަގާފއިވާ 600 މިލިއަން ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައިވާ އަހަރު ކަމަށެވެ. މި ފައިސާ ދައްކަން ޖެހެނީ އަންނަ އޭޕްރީލް މަހު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ބޮޑު އިންޓަރެސްޓް ރޭޓްގައި ސުކޫކް ވިއްކި ކަމަށާއި އެ ސުކޫކް އަންނަ އަހަރު އަނބުރާ ދެއްކުމުގެ ބިޔަ ޒިންމާ ވެސް މި ސަރުކާރުން އުފުލަންޖެހޭ ކަމަށެވެ.
މިދިޔަ ސަރުކާރުން ޢަމަލުކުރި ގޮތަށް އިޝާރާތް ކުރައްވާ ވަޒީރު ވިދާޅުވީ އެއްވެސް ރޭވުންތެރިކަމެއްނެތި މަޝްރޫޢުތައް ހަވާލުކުރުމާއި ވަކިން ޚާއްޞަކޮށް މަސައްކަތުގެ ފަންނީ އަދި މާލީ ޤާބިލުކަން ނެތް ކުންފުނިތަކާ މަޝްރޫޢުތައް ހަވާލުކުރުމުގެ ނަތީޖާއަކީ ވަކި އުޞޫލެއްގެ ތެރެއިން ބިލުތަކަށް ފައިސާ ދައްކަމުން އައި ނިޒާމަށް ބުރޫއަރައި މަޝްރޫޢުތައް މަޑުޖެހި ހުއްޓިފައި ހުރުން ކަމަށެވެ.
ނަމަވެސް މި ސަރުކާރުން މި ޙާލަތު ރަނގަޅަށް ދެނެގަނެ، އަވަސްވެ ގަތީ މިކަން ވާރުތަވި ޙާލަތުން އަރާގަތުމަށް ކަމަށާއި ދައުލަތުގެ މާލިއްޔަތު ކޮޅަށްޖަހައި ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަރައިގެންދާނޭ މަގެއް ބައްޓަން ކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މިހިނގާ 2025 އަހަރަށް ލަފާކޮށް އޭރު ހުށަހެޅި ބަޖެޓްގައި ބޭރު ފައިސާގެ އާމްދަނީގެ ގިނަ ޓެކްހާއި ފީ މަތިކުރުމަށް ހުށަހެޅުއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުން މި ގެނައި ބަދަލުތަކާއިއެކު މިއަދާއި ހަމައަށް ވާޞިލުވީ ދިވެހި ސަރުކާރުން އަދާކުރަންޖެހޭ އެންމެހާ ދަރަނިތަކާއި މާލީ ޒިންމާތައް ގަޑިއަށް އަދާކުރަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މިހިނގާ އަހަރުގެ ފުރަތަމަ 40 ހަފުތާގައި ވިދިވިދިގެން ސާޕްލަސްގައި ސަރުކާރު ހިންގާފައިވާ ކަމަށެވެ.
އަންނަަ 2026 ވަނަ އަހަރުގެ ބަޖެޓުގައި 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ފައިސާ ހިމަނާފައިވެއެވެ. މިއަދު ހުށަހެޅި މި ބަޖެޓަކީ، މި ސަރުކާރަށް ވާރުތަވެފައިވާ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުހިމަނާ ނަމަ، މިހިނގާ 2025 ވަނަ އަހަރަށް ލަފާކޮށް މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީން ހުށަހެޅި 56.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ސަރުކާރުން ހުށަހަޅައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މޫޑީޒްގެ އައުޓްލުކުން ދައްކުވައިދެނީ ސަރުކާރުގެ ފިޔަވަޅުތަކުގެ ހެޔޮ ނަތިޖާ: ޒަމީރު2025 ނޮވެމްބަރު 27
2023 ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރީ 591 މިލިއަން ޑޮލަރު، މިހާރު އެ އަދަދު 860 އަށް އަރާ!2025 އޮކްޓޯބަރު 30
2025 ވަނަ އަހަރު ތަންފީޒުކުރަންފެށި މާލީ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ގައި ފެނިގެންދާނެ: މާލީ ވަޒީރު 2025 އޮކްޓޯބަރު 30
ބަޖެޓް 2026- ދަރަނި ދައްކަން ނުޖެހޭނަމަ މިދިޔަ އަހަރުގެ ބަޖެޓަށްވުރެ މިއަހަރުގެ ބަޖެޓް ކުޑަ!2025 އޮކްޓޯބަރު 30