logo
logo
ތެޔޮ ނުލިބުމުގެ ކަންބޮޑުވުމެއް ނެތް، ރައީސްގެ ވިސްނުންފުޅަކީ ތެލުގެ އަގު ބޮޑު ވިޔަ ނުދިނުން: މާލީ ވަޒީރު

ތެޔޮ ނުލިބުމުގެ ކަންބޮޑުވުމެއް ނެތް، ރައީސްގެ ވިސްނުންފުޅަކީ ތެލުގެ އަގު ބޮޑު ވިޔަ ނުދިނުން: މާލީ ވަޒީރު

2026 މާރިޗު 12
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ތެޔޮ ނުލިބުމުގެ ކަންބޮޑުވުމެއް ނެތް ކަމަށާއި، ރައީސްގެ ވިސްނުންފުޅަކީ ތެލުގެ އަގު ބޮޑު ވިޔަ ނުދިނުން ކަމަށް މާލީ ވަޒީރު މޫސާ ޟަމީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެކުލަވާފައިވާ ކޮމެޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވީ، ރާއްޖެއަށް ތެޔޮ ނުލިބުމުގެ ކަންބޮޑުވުމެއް ނެތް ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ތެލުގެ އަގު ބޮޑު ވިޔަ ނުދިނުން ކަމަށެވެ.

މި ބައްދަލުވުމެއްގައި ޟަމީރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓް ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ބޭނުންވާ ކާނާ އާއި ބޭހާއި ބޭރުގެ ކިޔަވަން ދޭން ތިބި ކުދިންނަށް ދޭން ޖެހޭ ފައިސާ ދުވަހުން ދުވަހަށް ދަތިކަމެއް ނެތި ކުރިއަށް ގެންދާ ކަމަށާއި އަދި ރާއްޖޭގެ ރިޒާވް ބެލެހެއްޓުމުގެ ކަންކަންވެސް ކުރެވެމުންދާ ކަމަށް ޟަމީރު ވިދާޅުވިއެވެ.

ޟަމީރު ވިދާޅުވީ، ތެލާއި ގޭހަށް ބަލާއިރު، އެއްވެސް ދަތިކަމެއް ނެތި ލިބެން އެބަ ހުރި ކަަމަށެވެ.

ޟަމީރު ވިދާޅުވިގޮތުގައި ރައީސްގެ ވިސްނުންފުޅުގައި އޮތީ އާއްމު ރައްޔިތުންނަށް މީގެ ތަކުލީފު ބޮޑުނުވާނެ ގޮތަކަށް، ތެލުގެ އަގު ގެންގުޅުމެވެ. އެގޮތުން ބައެއް ވިޔަފާރިތަކަށްވެސް ދަތިނުވާނެ ގޮތަކަށް ގެންދެވޭނެ ގޮތަކަށް މިހާރު ރާވާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

މީގެއިތުރުން ޟަމީރު ވިދާޅުވީ އެސްޓީއޯގެ ފައިދާގެ ތެރެއިން ސަބްސިޑީ ސަރުކާރުން ދޭނެ ކަމަށާއި އޭގެ އިތުރުން، އެސްޓީއޯގެ ފައިދާ އިންޓިސިޕޭޓް ކުރަނީ 1.5 މި އަހަރު ލިބޭނެ ކަމަށް ވަންޏާ، އެ ފައިދާގެ ތެރެއިން ބައެއް ކްރޮސް ސަބްސިޑައިޒްކޮށްގެން، އެބްޒޯބް ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ.

ޟަމީރު ވިދާޅުވީ، އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނައީ، މާކެޓަށް އައި އަގުގެ ބަދަލަށްވުރެ ކުޑަކޮށް ކަމަށެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް