
ހަނގުރާމާގައި ރާއްޖޭގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެމެރިކާއިން އެދުމުން ސަރުކާރުން އިންކާރުކޮށްފި!
ޒައުޖަތު އަޙުމަދުހަނގުރާމާގައި ރާއްޖޭގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެމެރިކާއިން އެދުމުން ސަރުކާރުން އިންކާރުކުރި ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ޚަލީލު މިފަދައިން ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ދެންމެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ޚަލީލު ވިދާޅުވީ އެމެރިކާ އާއި އިރުޒޭލުން އީރާނާށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީފައި ފެށިފައިވާ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުމުން އެކަމަށް އިންކާރު ކޮށްފައިވާ ކަމަށާއި މި ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ނުދޭނެ ކަމަށެވެ.
ހަލީލް ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދެނީ ރާއްޖޭގެ އަމާންކަމާއި އިގުތިސާދު ހިމާޔަތްކުރުމަށް ކަމަށެވެ.
މިގެއިތުރުން ޚަލީލު ވިދާޅުވީ ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަމަށާއި އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާ ކަމަށެވެ.
މި ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާނެ އަސަރުތައް ކުޑަކޮށް، އެއްވެސް ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުން ކަމަށާއި ތެޔޮ ލިބޭނެ އިތުރު މަގުތައް ބަލައި، ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލު އެކި ގައުމުތަކުން ތެޔޮ އިމްޕޯޓްކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ދުނިޔޭގެ އެކި ގައުމުތަކުގެ މާކެޓުތައް ބަލައިގެން، އިމްޕޯޓް ފުޅާކުރުމަށް ގައުމުތަކާ އެކު މަޝްވަރާކޮށް، ނޭޝަނަލް ފުޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށާއި މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ރާއްޖެ އަންނަ ޓޫރިސްޓުން މައިގަނޑު ޓްރާންސިޓް ރޫޓުތައް ބަންދުވުމުގެ ސަބަބުން އައު ޓްރާންސިޓް ރޫޓުތައް ހޯދައި، އައު އެއާލައިންތަކާ އެކު މަޝްވަރާކޮށް، ފްލައިޓްތައް އިތުރު ކުރަމުން ވެސް އަންނަ ކަމަށާއި އަދި ކާގޯ ފްލައިޓްތައް އިތުރުކުރުމަށް ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން މެދުއިރުމަތީގެ ގައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ވެސް އެމްބަސީތައް މެދުވެރިކޮށް ސަރުކާރުން ބަލަމުން އަންނަ ކަމަށާއި އެ ގައުމުތަކުގެ ތިބި ގިނަ ބަޔަކު މިހާރު ވެސް އެމްބަސީތަކުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ޚާރިޖީ ވަޒީރު ޚަލީލު ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ތެޔޮ ނުލިބުމުގެ ކަންބޮޑުވުމެއް ނެތް، ރައީސްގެ ވިސްނުންފުޅަކީ ތެލުގެ އަގު ބޮޑު ވިޔަ ނުދިނުން: މާލީ ވަޒީރު2026 މާރިޗު 12
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން، ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފި2026 ފެބްރުއަރީ 28
ކުދި ޤައުމުތަކުގެ ސިޔާދަތު ރައްކާތެރިކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފި2026 ޖެނުއަރީ 10
މުހިއްމު 3 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ޗައިނާއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި2025 ޑިސެމްބަރު 25