
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން، ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފި
ޒައުޖަތު އަޙުމަދުމެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.
މިކަން ހާމަކުރައްވައި، މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޗީފް ސްޕޯކްސްޕަރސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ހީނާ ވަލީދު ވިދާޅުވީ، މިއީ، މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަޤްޞަދުގައި އެކުލަވާލެއްވި ކޮމިޓީއެއްކަމަށެވެ.
މިއަދު މެންދުރުފަހު އެކުލަވާލެއްވި މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
- މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ)
- މިނިސްޓަރ އޮފް ޑިފެންސް، މުޙައްމަދު ޣައްސާން މައުމޫން
- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު
- މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީން
- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން
- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤު އިބްރާހީމް
- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އަދި މި ވުޒާރާތަކުން، ކަމާގުޅޭ އެންމެހައި މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވަމުންގެންދަވާނޭކަމަށް، ސްޕޯކްސްޕަރސަން ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަޝްރަޙް ގޯސްވެފައި މިވަނީ އެމެރިކާއިން އީރާނަށް ޙަމަލާދޭން ފެށުމާއި ގުޅިގެންނެވެ. މި ޙަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ މެދުއިރުމަތީގައި ހިމެނޭ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާތަކެއް ދީފައެވެ.
އީރާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 200 މީހުން ޝަހީދުވެ، 700އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓު ސޮސައިޓީއިން ބުނެފައިވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
ހަނގުރާމަ މަޑު ޖައްސާލާނެ ކަމަށް ޓްރަމްޕު ބުނުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުޑަކޮށް ހެޔޮ ވެއްޖެ 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް2026 މާރިޗު 23