މޫޑީޒްގެ އައުޓްލުކުން ދައްކުވައިދެނީ ސަރުކާރުގެ ފިޔަވަޅުތަކުގެ ހެޔޮ ނަތިޖާ: ޒަމީރު

މޫޑީޒްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގެ އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކުރުމަކީ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ހެޔޮ ނަތީޖާ ދައްކުވައިދޭ ކަމެއްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފައިވަނީ މިއަދުއެވެ.
މި ބަދަލާއި ގުޅިގެން މާލީ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގެ ދަށުން އިޤްތިޞާދު ކުރިއެރުވުމަށް އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެ، ޑޮލަރުގެ އާމްދަނީ އިތުރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ވަރުގަދަކޮށް، ބަޖެޓް މެނޭޖްކުރުންވެސް ހަރުދަނާކުރެވިފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ މިކަންކަމާއެކު އިޤްތިޞާދަށް އޮތް ނުރައްކާތައް ކުޑަކުރެވި، ރާއްޖޭގެ އިޤްތިޞާދަށް އޮންނަ އިތުބާރުވެސް ބޮޑުކުރެވިފައިވާކަމަށާ އަދި މޫޑީޒްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގެ އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކުރުމަކީ އޭގެ ހެއްކެއްކަމަށެވެ.
ސަރުކާރުގެ އަމާޒުހުރީ މާލީ ޙާލަތު ރަނގަޅުކޮށް، ޒިންމާދާރުކަމާއެކު ދަރަނި އަދާކުރުމުގެ ކަންކަން އިންތިޒާމްކޮށް، ޤައުމަށް ދެމެހެއްޓެނިވި ތަރައްޤީ ގެނެސްދިނުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)
