logo
logo
2023 ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރީ 591 މިލިއަން ޑޮލަރު، މިހާރު އެ އަދަދު 860 އަށް އަރާ!

2023 ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރީ 591 މިލިއަން ޑޮލަރު، މިހާރު އެ އަދަދު 860 އަށް އަރާ!

2025 އޮކްޓޯބަރު 30
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

2023 ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރީ 591 މިލިއަން ޑޮލަރު ކަމަށާއި މިހާރު އެ އަދަދު 860 އަށް އަރާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އަންނަ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުންނެވެ.

ވަޒީރު ވިދާޅުވީ 2023 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވް ހުރީ 591 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށަށް ގޮސްފައި ކަމަށެވެ. ނަމަވެސް ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު މިހާރު އެބަހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ 2023 ނިމުނުއިރު ޔޫޒަބަލް ރިޒާވް 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށުގައި ހުރި ނަމަވެސް މިހާރު ޔޫޒަބަލް ރިޒާވްގެ ގޮތުގައި 200 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.  

ވަޒީރު ވިދާޅުވީ މި ހިނގާ އަހަރުގެ ފުރަތަމަ 40 ހަފުތާގައި ވިދިވިދިގެން ސާޕްލަސްގައި ސަރުކާރު ހިންގާފައިވާ ކަމަށެވެ.

އަންނަަ 2026 ވަނަ އަހަރުގެ ބަޖެޓުގައި 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ފައިސާ ހިމަނާފައިވެއެވެ. މިއަދު ހުށަހެޅި މި ބަޖެޓަކީ، މި ސަރުކާރަށް ވާރުތަވެފައިވާ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުހިމަނާ ނަމަ، މިހިނގާ 2025 ވަނަ އަހަރަށް ލަފާކޮށް މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީން ހުށަހެޅި 56.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ސަރުކާރުން ހުށަހަޅައިފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް