
ދައުލަތުގެ ހަރަދުތަށް %15.3 ދައްކޮށް، އާމްދަނީ 30 ބިލިއަނަށް!
މި އަހަރުގެ މިހާތަނަށް، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރާ އަޅާބަލާއިރު 8.5 ޕަސެންޓު އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 30.7 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާގޮތުން، ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 23 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ 75.1 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 105.3 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 56.4 އިންސައްތަ ވަނީ އިތުރުވެފައެވެ.
ޓެކުހާއި ޓެކްސް ނޫން އާމްދަނީ 9.6 އިންސައްތަ އިތުރުވެފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 61.0 އިންސައްތަ ވަނީ އިތުރުވެއެވެ. މީގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10 އިންސައްތައިން އިތުރުވެ، 1.7 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީއެވެ.
އަހަރުގެ މިހާތަނަށް އާމްދަނީ އިތުރުވެފައިވާއިރު، ސަރުކާރުން އަޅަމުންދާ ފިސްކަލް ރިފޯމް ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ހަރަދު ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުޑަކޮށްފަ އެވެ.
މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 30.5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅަބަލާއިރު 15.3 ޕަސެންޓު ދަށް އަދަދެކެވެ.
އާމްދަނީ އިތުރުވެ، ޖުމްލަ ހަރަދު ކުޑަވުމާ ގުޅިގެން، ދައުލަތުގެ ބަޖެޓުގެ އޯވާއޯލް ބެލެންސް 186.7 މިލިއަން ރުފިޔާގެ ސާޕްލަސެއްގައި ވަނީ ދެމެހެއްޓިފަ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ބަޖެޓް 2026- ދަރަނި ދައްކަން ނުޖެހޭނަމަ މިދިޔަ އަހަރުގެ ބަޖެޓަށްވުރެ މިއަހަރުގެ ބަޖެޓް ކުޑަ!2025 އޮކްޓޯބަރު 30
އެމްޑީޕީ ސަރުކާރުން 2021 ގައި ނެގި ސުކޫކަށް 24.6 މިލިއަން ޑޮލަރު ދައްކައިފި2025 އޮކްޓޯބަރު 08
ސޮވަރިން ޑިވެލޮޕްމެންޓް ފަންޑަަށް 1.4 ބިލިއަން ރުފިޔާ ޖަމާކޮށްފި2025 ސެޕްޓެމްބަރު 17
ތަރައްޤީގެ މަޝްރޫޢުތަކަށް 2.7 ބިލިއަން ރުފިޔާ ހޭދަކޮށްފި2025 ސެޕްޓެމްބަރު 03