
ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު!
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މޫސުން ވަރަށް ގޯސްވާނޭކަމަށް ލަފާކޮށް، ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ 09:30 ހުން ފެށިގެން 13:30 ހަށެވެ.
މި ވަގުތުތަކުގައި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ކަނޑުތައްވެސް ވަރަށް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ތޫފާން މިހާރު ހުރީ ތުރާކުނުގެ އިރުއުތުރުން 875 ކިލޯމީޓަރު ދުރުގައި: މެޓް އޮފީސް2025 ނޮވެމްބަރު 29
މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި!2025 ނޮވެމްބަރު 25
ރާއްޖެ ސަރަޙައްދުގައި 2 ކޮޅިގަނޑު، މޫސުން ގޯސްވެދާނެ2025 ނޮވެމްބަރު 23
މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި2025 އޮކްޓޯބަރު 22