logo
logo
މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

2025 އޮކްޓޯބަރު 22
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓްއޮފީހުން ވަނީ މިރޭ 9:45 ން ފެށިގެން 1:45 އާއި ހަމައަށް، ޅ. އަތޮޅާއި މ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.

އެ އިދާރާއިން ބުނީ މި ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެއިތުރުން އެ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް، މިރޭ ދަންވަރު 2:30 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް